ފޭދޫ ސްކޫލް/ސ.ފޭދޫ
ދިވެހިރާއްޖެ
ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމާގުޅޭ

މިސްކޫލުގައި ކެންޓީނުގެ ހިދުމަތް ދެވޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރ IUL)GS45/2019/057) އިއުލާނާއި ގުޅިގެން އެެއްވެސް ފަރާތަކުން މައުލޫމާތު ސާފުކޮށްފައިނުވާތީ އެއިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.

މިސްކޫލުގައި ކެންޓީނުގެ ޚިދުމަތް ދެވޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިތަކެތި ވިއްކުމަށް މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީހަށް ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

19 ޑިސެމްބަރ 2019 (ބުރާސްފަތި) ދުވަހުގެ 11:30 ގައި ސްކޫލް އޮފީހުގައި

23 ޑިސެމްބަރ 2019 (ހޯމަ) ދުވަހުގެ 11:30 ގައި ސްކޫލް އޮފީހުގައި

 

ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ސާފުތާހިރުކޮށް ތާޒާކަމާއެކު ކުދިންނަށާއި އަދި ޓީޗަރުންނަށް ޚިދުމަތް ދެވޭނެ ފަރާތްތަކާއި އަދި ވީހާވެސް ހެޔޮއަގެއްގައި ކެންޓީނުގެ ޚިދުމަތް ދެވޭނެ، މިދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6892546 އަށް ގުޅުއްވުން އެދެމެވެ.

19 ރަބީއުލްއާހިރު 1441

 

17 ޑިސެންބަރު 2019
ހޯދާ