ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޖުޑީޝަލް އެކެޑެމީ ހިންގާ ޢިމާރާތް ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާން

މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ޖުޑީޝަލް އެކެޑެމީ ހިންގާ ޢިމާރާތް ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރު 198F/2019/142 ޢިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާތީ، މިމަސައްކަތް ކޮށްދޭން ފަރާތެއް ހޯދުމަށް އަލުން ޢިއުލާން ކުރަމެވެ.

މިކަމާބެހޭ މަޢުލޫމާތުޝީޓް މިޑިޕާޓްމަންޓްގެ ވެބްސައިޓްwww.judiciary.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 19 ވަނަ ދުވަހުގެ 10:00 އަށް ވިލިމާލެގައި ހުންނަ ޖުޑީޝަލް އެކަޑަމީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޑިސެމްބަރ 23 ވަނަ ދުވަހުގެ 09:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް ވިލިމާލެގައި ހުންނަ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ރަބީޢުލްއާޚިރު 1441

16 ޑިސެންބަރު 2019
ހޯދާ