ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މަރާމާތު ކުރުމަށް ގެނެސް ނުގެންގޮސް ހުރި ތަކެތި

ތިރީގައި މިވާ ލިސްޓަކީ އެސްޓީއޯ ސަރވިސް ސެންޓަރަށް ޖެނުއަރީ 2019 އިން ޖޫން 2019 ގެ ނިޔަލަށް ކަސްޓަމަރުން  މަރާމާތު ކުރުމަށް ގެނެސް، އަނބުރާ ނުގެންގޮސް މިތަނުގައި ބެހެއްޓިފައިވާ ތަކެތީގެ ލިސްޓެވެ.

ވީމާ، މިލިސްޓުގައިވާ ތަކެތި އޭގެ ވެރިފަރާތުން 28 ޑިސެމްބަރ 2019 ވާ ހޮނިހިރު ދުވަހުގެ ކުރިން އެސް.ޓީ.އޯ ސަރވިސް ސެންޓަރަށް ދުރުވެ ތަކެއްޗާ ޙަވާލުވެވަޑައިގަތުމަށް އެދެމެވެ. މިތާރީހުގެ ފަހުން ނުގެންދަވާ ހުންނަ ތަކެތި ހަމަޖެހިފައިވާ އުސޫލުގެ މަތިން ނައްތައިލެވޭނެ ވާހަކަ ހިތާމަޔާ އެކު ދެންނެވީމެވެ.

މިތަކެއްޗާއި ޙަވާލުވެލެއްވުމަށް ދުރުވާއިރު އެސްޓީއޯ ސަރވިސް ސެންޓަރއިން ދޫކޮށްފައިވާ ސަރވިސް  ސާރވިސް މެމޯ / ސްލިޕްކޮޅު ގެންނެވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3012494 ނުވަތަ 3012495 އާ ގުޅުއްވުން އެދެމެވެ.

16 ޑިސެންބަރު 2019
ހޯދާ