ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯހިޔާވަހިކަމަށް އެދޭފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު.

ޢިޢުލާން

ބޯހިޔާވަހިކަމަށް އެދޭފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު.

 

 

 

                  ތިނަދޫއިން މިހާތަނަށް އެއްވެސް ބޯހިޔާވަހިކަމެއް ލިބިވަޑައިގެންފައި ނުވާ، ތިނަދޫ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި، ބޯހިޔާވަހިކަމުގެ ދަފްތަރެއް އެކުލަވައި އެ ދަފްތަރުގައި ރަޖިސްޓްރީވާ ފަރާތްތަކުގެ މަޢްލޫމާތު ސަރުކާރަށް ހުށަހަޅައި ތިނަދޫގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް މިއިދާރާއިން ބޭނުންވާތީ، ބޯހިޔާވަހިކަމުގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދިވަޑައިގަންނަވާ ތިރީގައި އެވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން 31 ޑިސެމްބަރު 2019 ގެ ކުރިން ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރައްވައި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓް www.thinadhoo.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.

ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު އީމެއިލްގެ ޒަރީޢާއިން ބަލައިގަތުމަށްވަނީ ހަމަޖެހިފައެވެ. މިއިދާރާގެ އީމެއިލް އެޑްރެހަކީ [email protected] އެވެ.

ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ޝަރުޠު:

1-      ޢުމުރުން 18 އަހަރު ފުރިފައިވުން.

2-      ތިމާގެ ނަމުގައި ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ބިމެއް ނުވަތަ ރޯހައުސްއެއް ނުވަތަ ފުލެޓެއް ނުވަތަ ތަރިކައިން ނުވަތަ ހިބައިން ލިބިފައިވާ ގޯއްޗެއް ނުވަތަ ބިމެއް ނުވަތަ ފުލެޓެއް ނުވަތަ ރޯހައުސްއެއް ރަޖިސްޓްރީ ކުރެވިފައި ނުވުން.

                      މިހެންވެ، މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

12 ޑިސެންބަރު 2019
ހޯދާ