ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
މަރާމާތު މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1         ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތް ތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

1-      ސީލިންގ މަރާމާތުކުރުން

2-     ސްކޫލް އިމާރާތްތަކުގެ ދޮރުފަތްތައް ބަދަލުކުރުން

3-     ހޯލް އިމާރާތުގައި ވޯލްފޭން ހަރުކުރުން

4-     ދެ ޢިމާރާތް ގުޅުވާފައިވާ ދިމާލުން ވާރޭވެހޭބައިގައި ފުރާޅެއް ހެދުން

2         މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެންބަރު 15 ން 2019 ޑިސެންބަރު 24 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ.

ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3         މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެންބަރު 24 ވަނަ ދުވަހުގެ 10:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4         މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެންބަރު 24 ވަނަ ދުވަހުގެ 10:30 ގައި  މިސްކޫލްގެ މީޓިންގރޫމްގައެވެ.

5         ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 30 ވަނަ ދުވަހުގެ 10:30 ގައި ވިލުފުށީ ސްކޫލްގެ މިޓީންގ ރޫމްގައެވެ

6         މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7         ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ވިލުފުށީ ސްކޫލް

ތ.ވިލުފުށި

ފޯން:  7940633, 7970633

އީ-މެއިލް: [email protected]

 

18 ރަބީޢުލްއާޚިރު  1441

15 ޑިސެންބަރު 2019

15 ޑިސެންބަރު 2019
ހޯދާ