ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ލިފްޓް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާނު

ލިފްޓް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އޮފީހުގައި ބޭނުންކުރަމުންދާ މިޓްސްބިޝީ ލިފްޓް 2 އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 3 ޑިސެންބަރު 2019 ގައި ކުރި، މި އޮފީހުގެ ނަންބަރު IUL)1-CSO(FM)/1/2019/102) އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހެޅުމަށް ތިން ފަރާތުން ޙާޟިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019 ޑިސެންބަރު 16 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2019 ޑިސެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

17 ރަބީޢުލްއާޚިރު 1441

14 ޑިސެންބަރު 2019
ހޯދާ