ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ


އިޢުލާން

މަޤާމު

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ނަންބަރު

J-313408

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ކޯޕަރޭޓް ސަރވިސް / އިންފޮމޭޝަން ޓެކްނޮލޮޖީ

ވަޒީފާ އަދާކުރަންޖެހޭ ތަން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް/ހދ.ކުޅުދުއްފުށި

މުސާރަ

-/7035 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
  4. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ހޮސްޕިޓަލްތަކުގައި ބޭނުން ކުރަމުންދާ ހޮސްޕިޓަލް އިންފޮމޭޝަން ސިސްޓަމް ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ދިމާވާ މައްސަލަތައް ހައްލުކުރުން
  • ހޮސްޕިޓަލްގެ އެކި އެކިބޭނުންތަކަށް ހަދާ ސޮފްޓްވެއަރތައް ޑިވެލޮޕްކުރުމުގެ މަސައްކަތް ކުރުން.
  • ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުގައިވާ އެންމެހާތަންތަނުގެ ސާރވާތައް ދުވަހުން ދުވަހަށް ބަލަހައްޓައި ދިމާވާ މައްސަލަތައް ހައްލުކޮށް ގެންނަންޖެހޭ އަޕްގްރޭޑްތައް ގެނައުން
  • ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ އެންމެހައި ތަންތަނުގައި އިންސްޓޯލްކޮށްފައިވާ ސޮފްޓްވެއަރތައް މެއިންޓެއިންކޮށް ބެލެހެއްޓުމުގައި އެހީތެރިވެދިނުން
  • ހޮސްޕިޓަލްގެ ނެޓްވާރކް އާއި ގުޅާފައިވާ މިނިސްޓްރީގެ ދަށުން ހިންގާ އެންމެހައި ތަންތަނުގެ ނެޓްވާރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް އެހީތެރިވެދިނުން
  • ޓެލެމެޑިސިންގައި ޑިވިޜަންގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ޓެކްނިކަލް އެހީތެރިކަން ދިނުމާއި އައި.ޓީ ހެލްޕް ޑެސްކުގެ އެހީ ފޯރުކޮށްދިނުން އަދި އައި.ޓީ އެޑްމިން މަސައްކަތްކުރުން
  • ސެކްޝަނަށް އަންނަ ލިޔެކިއުންތައް އެންޓަރކޮށް ލޔެކިއުންތައް ބެލެހެއްޓޭތޯ  ބެލުން
  • ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުގައިވާ ތަންތަނުގައި ހުންނަ އައިޓީ އާބެހޭ ތަކެއްޗަށް ދިމާވާ މައްސަލަތަކުގެ ޓްރަބަލްޝޫޓް ކުރުން. މިގޮތުން މައްސަލަޖެހިފައިވާ އައިޓީ ތަކެތި ރިޕެއާކުރުން އަދި ރިޕެއާރ ނުކުރެވޭތަކެތި އޮފީހުން ބޭރަށް ފޮނުވައިގެން ރިޕެއަރ ކުރުން.
  • ކޮންފަރެންސް އަދި މީޓިންގް ތަކަށް ސެޓަޕް ހަދައިދީ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ހަވާލުކޮށް އެކަމުގައި އެހީތެރިވެދނުން
  • އަލަށް ނެޓްވާރކް އަޅަންޖެހޭ ތަންތަނުގައި ނެޓްވާރކް އެޅުން އަދި ބިޑް އަދި ކޯޓޭޝަން އިވެލުއޭޓްކުރުން

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. (މަސައްކަތުގެ ދާއިރާއެއް ކަމުގައި ބެލެވޭނީ ކޮމްޕިއުޓަރ ސައިންސް އަދި އިންފޮރމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ދާއިރާއަށެވެ).

ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،

ތައުލީމީ ރޮނގުތައް

ކޮމްޕިއުޓަރ ސައިންސް

ގުޅޭ ވަޒީފާގެ ދާއިރާތައް

އިންފޮމޭޝަން ޓެކްނޮލޮޖީ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ހޮސްޕިޓަލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ).
  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  1. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން އަދި ވަޒީފާ އަދާކުރިގޮތް އަންގައިދޭ  ރެފެރެންސް ޗެކް ފޯމު.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ އަދި ވަޒީފާ އަދާކުރިގޮތް އަންގައިދޭ  ރެފެރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސާރވިސް ކޮމިޝަން އަދި ހެލްތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޑިސެންބަރު 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މި ހޮސްޕިޓަލް ކައުންޓަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު،އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިހާނާއި ޕުރެޒެންޓޭޝަން އޮންނާނީ، 2019 ވަނަ އަހަރުގެ ޑިސެންބަރު 25 އާއީ 2020 ވަނަ އަހަރުގެ 25 ޖެނުއަރީ އާއި ދެމެދު މި ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

 މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 6521661 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

12 ޑިސެންބަރު 2019
ހޯދާ