މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެބޭނުމަށް ފެރީއެއް ކުއްޔަށް ހިފުމަށް

ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

 

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެބޭނުމަށް ފެރީއެއް ކުއްޔަށް ހިފުމަށް 

 

ނަމްބަރު: IUL)438-WMPC/438/2019/384)                                    ތާރީޚް: 12 ޑިސެމްބަރ 2019

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދަށުން ހިންގަމުންދާ، މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް މަޝްރޫޢުގެ ދަށުން ރ.ވަންދޫގައި މަސައްކަތް ކުރާ ކޮންޓްރެކްޓަރުން ރ. ވަންދޫ އާއި ރ. އިންނަމާދޫ ނުވަތަ ރ. ރަސްމާދޫއާ ދެމެދު ދަތުރުކުރުމަށްޓަކައި ތިރީގައި މިދަންނަވާ ފަދަ އުޅަނދެއް ކުއްޔަށް ހިފުމަށް ބޭނުންވާތީވެ މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

 

އަދަދު

އުޅަދުގެ ނަން

ބޭނުންވާ މުއްދަތު

01

01 ފެރީ ދޯނި – 30 މީހުންގެ ޖާގަ

7 ޖެނުއަރީ 2020 އިން 31 ޑިސެމްބަރ 2020 އަށަ

 

މި ފެރީ އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވަނީ ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގަތަށެވެ.

 

ތަފްސީލް

ބޭނުންވާ މުއްދަތު

ރ. ރަސްމާދޫ / ރ. އިންނަމާދޫ / ރ. ވަންދޫ

ހެނދުނު (ދެ ފަރާތުން ވާހަކަ ދައްކައިގެން ގަޑި ކަނޑައެޅުމަށް)

ރ. ވަންދޫ / ރ. އިންނަމާދޫ / ރ. ރަސްމާދޫ

ހަވީރު (ދެ ފަރާތުން ވާހަކަ ދައްކައިގެން ގަޑި ކަނޑައެޅުމަށް)

 

ވީމާ، މަތީގައި ދެންނެވިފައިވާ ފެރީ ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހު 11:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަގު ހުށަހެޅުއްވުން އެދެމެވެ.

 

އަހުމަދު ނިޒާމް

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

 

އަގު ހުށަހެޅުން އޮންނާނީ 2019 ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަގުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަގުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތައް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަގު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

12 ޑިސެންބަރު 2019
ހޯދާ