މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ލޭންޑިން ކްރަފްޓުގެ ހަލް މަރާމާތުކޮށް ދިނުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

މި ކުންފުނީގެ ލޭންޑިން ކްރަފްޓުގެ ހަލް މަރާމާތުކޮށް ދިނުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު ނަމްބަރު IUL)113-PRC/I/2019/145) އިއުލާނާއި ގުޅިގެން މައުލޫމާތު ސެޝަންއަށް ހާޒިރުވީ 2 ފަރާތުން ކަމަށްވާތީ އެ އިއުލާން ބާތިލުކޮށް އަލުން އިއުލާންކުރަމެވެ.

ވީމާ، މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން  މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފު ކުރެއްވުން

     އަންދާސީ ހިސާބު ހުށަހެޅުއްވުން

19 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 14:00

 25 ޑިސެމްބަރު 2019 ވާ ބުދަ ދުވަހުގެ 11:00

 މިކަމަށް އެދި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

12 ޑިސެންބަރު 2019
ހޯދާ