މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އއ.އުކުޅަސް ފެރީ ޓާމިނަލް ގޯތީގައިވާ ހުސްބިން ވިޔަފާރި އުސޫލުން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 އއ.އުކުޅަސް ފެރީ ޓާމިނަލް އިރުއުތުރަށް އޮތް ހުސްބިމާއި، ޓާމިނަލުގެ ބަދިގެއަށް ހަމަޖައްސާފައިވާ ބައި ވިޔަފާރި އުސޫލުން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު MTCC-PD/IU/2019/00172 ( 17 އޮކްޓޯބަރ 2019 ) އިޢުލާން ބާތިލްކޮށް އަލުން މިކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

         ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 17 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ( ބޯޑް ރޫމް ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2019 ޑިސެމްބަރ 23  ވަނަ ދުވަހުގެ 11:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

12 ޑިސެންބަރު 2019
ހޯދާ