މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ މުދާ ނީލަން ކިޔުމާއި ގުޅޭ.

   ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، ތިރީގައި ދެންނެވުނު މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
  2. ނީލަން ކިޔާ މުދާ ބެލުން: 19 ޑިސެންބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:30 އަށް (އެންމެ ލަސްވެގެން މުދާ ބެއްލެވުމަށް ވަޑައިގަތުމުގެ 02 ގަޑިއިރު ކުރިން 3328995 ނަންބަރު ފޯނަށް ގުޅުއްވައި ނަން ނޯޓްކުރައްްވަން ވާނެއެވެ.)

 

  1. ނީލަމުގައި ބައިވެރިވުން: މިނީލަމުގައި ބައިވެރިވެވޭނީ 21 ޑިސެންބަރ 2019 ވާ ހޮނިހިރު ދުވަހު ރޭގަނޑު 20:00 ގެ ކުރިން މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓަށް ދުރުވެ، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށެވެ.
  2. ނީލަން ކިޔުން: 22 ޑިސެންބަރ 2019 ވާ އާދީއްތަ ދުވަހު 14:00 ން ފެށިގެން.
  3. ނީލަން ކިއުން އޮންނަ ތަން: ސަރވިސް ބިލްޑިންގ ގެ މީޓިންގ ރޫމް-2 ގައި.

   ސަމާލުކަމަށްޓަކައި :

  • މުދާ ނީލަންކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދު ( 27 ޖޫން 2018 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv)   ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ގަވާއިދު ފެނިލައްވާނެއެވެ.
  • ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކެވެ.

   ނީލަމާއިބެހޭ އިތުރު މަޢުލޫމާތު މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓް އަދި ވެބްސައިޓް(www.port.mv)  އިން ލިބިވަޑައިގަންނަވާނެއެވެ. 

12 ޑިސެންބަރު 2019
ހޯދާ