އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑާޓާ އެންޓްރީ މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް

މަޤާމް :ޑާޓާ އެންޓްރީ މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް
ބޭނުންވާ އަދަދު :2

 

 

 

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

        މާލެ،  ދިވެހިރާއްޖެ                                          ނަންބަރު: 263 137-HR/IU/2019/

މި ހޮސްޕިޓަލުގެ ސްޓޯރުގައި ޑާޓާ އެންޓްރީ މަސައްކަތްކުރާނޭ ފަރާތްތައް (ވޮލަންޓިއަރކޮށް)ހޯދުމަށް ބޭނުންވެއްޖެ

 

           މި ހޮސްޕިޓަލްގެ ސްޓޯރުގައި ޑާޓާ އެންޓްރީ މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް ބޭނުންެވެއްޖެއެވެ. މި މަސައްކަތްކުރައްވާ ފަރާތްތަކުން  ދުވާލަކު 6 ގަޑިިއިރު ހަފްތާއަކު 6 ދުވަހު  މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ އެލަވަންސްއެއް ދެވޭނެއެވެ.  

ބޭނުންވާ އަދަދު:   2 (ދޭއް) 

ޝަރުތު:      ޖީސީއީ އޯލެވެލް ނުވަތަ އެއާއި އެއް ފެންވަރުގެ ސެޓްފިކެޓެއް އޮތުން.

މި މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތައް:

1-   ދަރުމަވަންތަ ހޮސްޕިޓަލަށް އަދި އައި.ޖީ،އެމް.އެޗް އަށް ގެންނަ ހަރުމުދާ ސިސްޓަމް އަށް އެންޓަރކުރުން.

2-   ގެނެވޭ މުދަލުގައި ނަމްބަރ ޖަހާ އިންވެންޓްރީ އާއި ގުޅޭ ހުރިހާ މަސައްކަތެއް ކުރުން.

3-   ހަރުމުދާ އެއްތަނުން އަނެއްތަނަށް ބަދަލުކުރުމުން އެގެނެވޭ ބަދަލުތައް ސިސްޓަމް އަށް އަޕްޑޭޓް ކުރުން

4-   މީގެއިތުރުންވެސް ސެކްޝަނުގެ ވެރިން އަންގަވާގޮތެއްގެ މަތިން، ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުންހުރި އޮފީހުގެ އެހެނިހެން މަސައްކަތްތައްް ކުރުން.

               ވީމާ، މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތަކާއިއެކު  ސިޓީއަކުން 19 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހަޅުއްވަމުން ގެންދެވުމަށް ދެންނެވީމެވެ. އަދި އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]   

  1. ލިބިފައިވާ ތައުލީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ
  2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ޕާސްޕޯޓް ސައިޒްގެ  ފޮޓޯ (ވައިޓް ބެކްރައުންޑް)

އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3335343 ނުވަތަ 3335221 ނަންބަރު ފޯނަށެވެ.

                                        14 ރަބީއުލްއާޚިރާ 1441

                                       12  ޑިސެމްބަރ 2019

12 ޑިސެންބަރު 2019
ހޯދާ