އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ- 1 ނަންބަރު ވޯޓުފޮށި ބަހައްޓާތަނަށް ބަދަލު ގެނައުން

އިޢުލާނު

މި ކޮމިޝަނުގެ ނަންބަރު: (A)CA-2014/122  (17  ފެބުރުވަރީ 2014) ގެ އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

ހއ. ދިއްދޫ- 1 ނަންބަރު ވޯޓުފޮށި ބަހައްޓާތަނަށް ބަދަލު ގެނައުން

2014 މާރިޗު 22 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ހއ. ދިއްދޫގައި ބަހައްޓާ ހއ. ދިއްދޫ- 1 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާތަނަށް ވަނީ ބަދަލު ގެނެވިފައެވެ.އެހެންކަމުން، މި ދެންނެވި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި މިހާރު ވޯޓުފޮށި ބަހައްޓާ ތަން މި ދަންނަވަނީއެވެ.

              
  

މިހާރު ވޯޓުފޮށި   ބަހައްޓާ ތަން

  
  

ވޯޓުލާ ސަރަހައްދު

  
  

ވޯޓުފޮށީގެ ނަން

  
  

ވޯޓުފޮށީގެ ނަންބަރު

  
  

#

  

ހއ. ދިއްދޫ

ހއ ފެމިލީ އެންޑް    ޗިލްޑްރަން

ސާރވިސްސެންޓަރުގެ އެކޮމަޑޭޝަންބުލޮކް

ޢިމާރާތުގެ ގުރައުންޑް ފުލޯރގައި

މި ފޮށްޓަށް ވޯޓުލާނީ ދިއްދޫ ފިޔަނޫމާގޯޅީގެ   އުތުރުން،

ރަންފަރުގޯޅީގެ އުތުރުން،  ޗޭނުވެހީގެ އުތުރަށް އޮތް

ސަރަހައްދުގައި  ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި،

ދިއްދޫގައި  ދިރިއުޅޭ އެހެނިހެން  ރަށްރަށުގެ މީހުންނެވެ.

ހއ. ދިއްދޫ-1

A04.08.1

1

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

18 ޖުމާދަލްއޫލާ  1435

19 މާރިޗު 2014
ހޯދާ