ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސްޓީއެމް-1 ފައިބަރ ކަނެކްޝަން ޚިދުމަތްދޭނެ ފަރާތެއް ހޯދުން

 

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/121

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-029-19) PSM-GA /2018/608

 

 

 

އިޢުލާން

  • ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

 

                         ޕަބްލިކް ސާރވީސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދާ އައިއެސްޑީބީޓީ ޕްރޮޖެކްޓްގެ ޚިދުމަތް ރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދިނުމަށް ބޭނުންވާ އެސްޓީއެމް-1 ފައިބަރ ކަނެކްޝަން ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (IUL) PSM-FP/ PSM/2019/116 ނަންބަރ އެއިޢުލާނާ ގުޅިގެން  އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.  

                        ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 17 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

                        ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

14 ރަބީޢުލްއާޚިރާ 1441                        

11  ޑިސެމްބަރ  2019                          

11 ޑިސެންބަރު 2019
ހޯދާ