މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އޮޑިޓް އެގްޒެކެޓިވް

އިޢުލާނު

 

ވަޒީފާގެ ފުރުޞަތު

(IUL)13-HR/13/2019/348ނަންބަރު:

މަޤާމް:

އޮޑިޓް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:


J-290968

 

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ސެކްޝަން

އިންޓާނަލް އޮޑިޓް ޔުނިޓު 

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް، / ކ. މާލެ

މުސާރަ:

މަހަކު -/8،835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/-  ރުފިޔާ

އެހެނިހެން އެލަވަންސް:

- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

- މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިންތަކަކީ ފައިނޭންސް ނުވަތަ އެކައުންޓިންގ އެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. އިންޓާރނަލް އޮޑިޓްއަށް ލިބޭ އަދި ބޭރަށް ފޮނުވާ ހުރިހާ ލިޔެކިއުންތަކެއްގެ އިދާރީ އިންތިޒާމް ބެލެހެއްޓުން
  2. ދައުލަތުގެ މުޢައްސަސާތަކާއި ލާމަރުކަޒީ އިދާރާތަކުގެ އިންޓަރނަލް އޮޑިޓަރުންނަށް ބޭނުންވާ ފަންނީ މަޢުލޫމާތުތައް ދިނުމާއި، އެ އިދާރާތަކުގެ އިންޓަރނަލް އޮޑިޓަރުންނަށް ބޭނުންވާ ފަންނީ ތަމްރީނުދިނުން
  3. އިންޓާރނަލް އޮޑިޓާއި ގުޅޭގޮތުން ރާއްޖޭން ބޭރުގެ ފަރާތްތަކާއި އެކު ކުރަންޖެހޭ މުޢާމަލާތްތަކުގައި ބައިވެރިވުން
  4. އިންޓާރނަލް އޮޑިޓްގެ މަސައްކަތާ ގުޅޭ އެކި އެކި ކޮމިޓީތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން
  5. ދައުލަތުގެ އޮފީސްތަކުގައި ޤާއިމްކުރެވިފައިވާ އިންޓާރނަލް އޮޑިޓް ސެކްޝަންތަކުގެ މަސައްކަތްތައް ހިނގަނީ އައި.އައި.އޭ ސްޓޭންޑަރޑްސް އާއި ދައުލަތުގެ އިންޓާރނަލް އޮޑިޓްކުރުމާއި ގުޅޭ މިންގަނޑުތަކާއި އެއްގޮތައްތޯ އަހަރުން އަހަރަށް ބެލުން
  6. އިންޓަރނަލް އޮޑިޓަރުންގެ މަސައްކަތުގެ ޓައިމްޝީޓްތައް ލިބިގަތުމާއި ބެލެހެއްޓުން އަދި އިންޓާރނަލް އޮޑިޓްގެ މުވައްޒަފުންނާއި ގުޅޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން
  7. އިންޓާރނަލް އޮޑިޓް ޔުނިޓުގެ ޔައުމިއްޔާ، އަހަރީ ރިޕޯޓް އަދި މިފަދަ އެހެނިހެން އިދާރީ ރިޕޯޓްތައް ތައްޔާރުކުރުން
  8. އިންޓާރނަލް އޮޑިޓްގެ މަސައްކަތާ ގުޅޭ ބައްދަލުވުންތައް ރޭވުމާއި، މިފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާ ކުރުން
  9. ދައުލަތުގެ އޮފީސްތަކުގެ އިންޓާރނަލް އޮޑިޓަރުންނާއި ބެހޭ މަޢުލޫމާތު ލިބިގަނެ އިންޓާރނަލް އޮޑިޓަރުންގެ ދަފްތަރެއް އެކުލަވާލާ ބެލެހެއްޓުން
  10. ދައުލަތުގެ އިދާރާތަކުގެ ބަޖެޓްގެ ޚަރަދުތަކާއި، އެއިދާރާތައް މެދުވެރިކޮށް ލިބޭ އާމްދަނީގެ ކަންކަން މޮނިޓަރކުރުން
  11. ދަޢުލަތުގެ ޕްރޮކިއުމަންޓް ނިޒާމާއި ދައުލަތުގެ އެސެޓްސް އަދި ދައުލަތުގެ ލަޔަބިލިޓީޒް އާއި ގުޅޭ ޙަރަކާތްތައް ބެލުމާއި އޮޑިޓަރުންނަށް ބޭނުންވާ މަޢުލޫމާތުތައް ދިނުން
  12. ދައުލަތުގެ ހިސާބު ބެލެހެއްޓުމުގެ ކޮމްޕިއުޓަރ ނިޒާމް މެދުވެރިކޮށް ހިނގާ މާލީ ޙަރަކާތްތައް (އައި.ޓީ އޮޑިޓްގެ އުކުޅުތައް ބޭނުންކޮށްގެން) ބެލުމާއި، އޮޑިޓަރުންނަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުން
  13. ދައުލަތުގެ އިދާރާތަކުން މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވާ މާލީ ކަންކަމާއި ގުޅޭ ހިސާބުތަކާއި ރިޕޯޓްތައް ލިބިގަނެ އޮޑިޓްކުރުމަށް މަޢުލޫމާތު ނެގޭނެ ޢުޞޫލަކުން އަރުޝީފުކުރުން
  14. ދައުލަތުގެ މާލީ ނިޒާމާއި، މާލީ ކަންކަމާއި ގުޅޭގޮތުން އިންޓަރނަލް އޮޑިޓްގެ ފަންނަށް ބޭނުންވާ ދިރާސާތައް ކުރުން
  15. އިންޓާރނަލް އޮޑިޓާއި ގުޅޭގޮތުން ބޭނުންވާ މަޢުލޫމާތުތައް ހޯދާ އިންޓާރނަލް އޮޑިޓް ލައިބްރަރީގައި ރައްކާތެރިކަމާއެކު ބެލެހެއްޓުން
  16. ޤާނޫނީ މައްސޫލިއްޔަތެއްގެ ގޮތުން ދައުލަތުގެ މާލިއްޔާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކާއި ލިޔުންތައް ޤާނޫނީ މުއްދަތުގެ ތެރޭގައި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ތައްޔާރުކޮށް ހުށަހެޅޭތޯ ބަލާ ރިޕޯޓްކުރުން
  17. ދައުލަތުގެ މިނިވަން މުޢައްސަސާތަކުގައި ދައުލަތުގެ މުދަލާއި ފައިސާ އަދި މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓަމުންދަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވައިދާއި އެއްގޮތަށްތޯ ބެލުމަށް ރިސްކް ބޭސްޑް މިންގަނޑަކުން އޮޑިޓްކުރުން
  18. ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގައި ދައުލަތުގެ މުދަލާއި ފައިސާ އަދި މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓަމުން ގެންދަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވައިދާއި އެއްގޮތަށްތޯ ބެލުމަށް ރިސްކް ބޭސްޑް މިންގަނޑުތަކުން އޮޑިޓްކުރުން
  19. ދައުލަތުގެ އޮފީސްތަކުގައި ޤާއިމްކުރެވިފައިވާ އިންޓަނަލް އޮޑިޓް ސެކްޝަންތަކާއި ގުޅިގެން އެއޮފީސްތަކުގެ ކޮމްޕްލަޔަންސް އޮޑިޓްކުރުން
  20. ދައުލަތުގެ އޮފީސްތަކުގައި މަސައްކަތްކުރާ ޕޯސްޓް އޮޑިޓަރުން މެދުވެރިކޮށް އެއޮފީސްތަކުގައި ހިންގަންޖެހޭ އޮޑިޓްތަކާއި އެއޮފީސްތަކުން ބޭނުންވާ މަޢުލޫމާތުތައް ހޯދުން
  21. ލާމަރުކަޒީ އިދާރާތަކުގެ މުދަލާއި ފައިސާ އަދި މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓަމުންދަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވައިދާއި އެއްގޮތަށްތޯ ބެލުމަށް ރިސްކް ބޭސްޑް މިންގަނޑަކުން އޮޑިޓްކުރުން
  22. ލާމަރުކަޒީ އިދާރާތަކުގައި ޤާއިމްކުރެވިފައިވާ އިންޓަރނަލް އޮޑިޓް ސެކްޝަންތައް މެދުވެރިކޮށް އެއިދާރީ ދާއިރާއެއްގައި ކުރަންޖެހޭ އޮޑިޓްތައް ކުރުމާއި، އެއިދާރީދާއިރާއަކުން ހޯދަންޖެހޭ މާލީ މަޢުލޫމާތުތައް ހޯދުން
  23. ލާމަރުކަޒީ އިދާރާތަކުގެ މާލީ ހިސާބުތަކާއި، ފައިނޭންޝަލް ޕްލޭލޭންތައް ރިސްކް ބޭސްޑް މިންގަނޑުތަކުން އޮޑިޓްކުރުން
  24. ދައުލަތުގެ މާލީ ހިސާބު އެކުލަވާލުމުގެ މާލީ އަދި އިދާރީ ޙަރަކާތްތައް، އިންޓަރނަލް ކޮންޓްރޯލް އިވޭލުއޭޓްކުރުމުގެ އުޞޫލުން އޮޑިޓްކުރުން
  25. ދައުލަތުގެ ލަފާކުރާ ބަޖެޓްގެ ހިސާބުތަކާއި، ހިނގަމުންދާ އަހަރުގެ ބަޖެޓް ކޮންޓްރޯލްކުރުމުގެ ޙަރަކާތްތައް އަހަރުން އަހަރަށް އޮޑިޓްކުރުން
  26. ދައުލަތުގެ މުއައްސަސާތަކުގައި މާލީ ކަންކަން ބެލެހެއްޓުމުގެ ޤާބިލްކަން "ބޭސްލައިން އެސެސްމަންޓް" އުޞޫލުން އަހަރުން އަހަރަށް ވަޒަންކުރުން
  27. ދައުލަތުގެ ބޭންކް އެކައުންޓްގެ ބާކީ ދެނެގަތުމާއި، ދައުލަތުގެ ފަންޑްތަކުގެ ހިސާބު އަހަރުން އަހަރަށް އޮޑިޓްކުރުން
  28. ދައުލަތުގެ ދަރަނީގެ ހިސާބުތައް ބަލަހައްޓާ އިދާރީ އުސޫލުތަކާއި ހިސާބުތައް އަހަރުން އަހަރަށް އޮޑިޓްކުރުން
  29. ދައުލަތަށް ލިބެންޖެހޭ ފައިސާގެ ހިސާބުތައް ބަލަހައްޓާ އިދާރީ އުސޫލުތަކާއި ހިސާބުތައް އަހަރުން އަހަރަށް އޮޑިޓްކުރުން
  30. ދައުލަތުގެ ހަރުމުދަލުގެ ހިސާބު ބަލަހައްޓާ އިދާރީ އުޞޫލުތަކާއި ހިސާބުތައް އަހަރުން އަހަރަށް އޮޑިޓްކުރުން
  31. ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް އިންޓާރނަލް ކޮންޓްރޯލްގެ ޤާބިލިއްޔަތު ވަޒަންކުރުމުގެ އުޞޫލުން އަހަރުން އަހަރަށް އޮޑިޓްކުރުން
  32. ދައުލަތުގެ ބަޖެޓްގައި ހިމަނައިގެން ހިންގާ ޕްރޮޖެކްޓަކާއި، ޕްރޮގްރާމްތައް އަދި އެހެނިހެން ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން އިންޓަރނަލް އޮޑިޓްގެ އަހަރީ މަސައްކަތު ޕްލޭންގައި ހިމެނޭ ކަންކަން އޮޑިޓްކުރުން  
  33. ދައުލަތުގެ އޮޑިޓަރޖެނެރަލްގެ ރިޕޯޓްތައް މުޠާލިއާކުރުމަށްފަހު އެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ މައްސަލަތައް އިތުރަށް ދިރާސާކުރުމާއި އެރިޕޯޓްގައި އިޞްލާޙުކުރުމަށް ހުށަހަޅާފައިވާ ކަންކަން އިސްލާޙްވަމުންދާ ގޮތް ބެލުން
  34. ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަދި އެންޓިކޮރަޕްޝަން ކޮމިޝަންއިން އަދި އެހެންވެސް ތަޙްޤީޤީ އިދާރާއަކުން ދައުލަތުގެ މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާ އިސްލާޚީ ފިޔަވަޅުތައް އެޅުމަށް އެދޭކަންކަން މުތާލިއާކުރުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުން
  35. މިނިސްޓަރ ނުވަތަ ފައިނޭންޝަލް ކޮންޓްރޯލަރގެ މަސްޢޫލިއްޔަތުގެ ތެރެއިން އެފަރާތްތަކުން އެދިވަޑައިނަންނަވާ އޮޑިޓެއް، ދިރާސާއެއް ނުވަތަ ތަޙްޤީޤެއް ކުރުން
  36. އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުތުތައް:

  1. ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ  ކަންތައްތައް:

- މަޤާމާގުޅޭ ދާއިރާގެ ތައުލީމަށް %20

- މަޤާމާގުޅޭ ދާއިރާގެ ތަމްރީނުތަކަށް %5

- މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާއަށް %25

- އިމްތިހާނު/ޕްރެކްޓިކަލްސް %20

- އިންޓަވިއު އަދި ޕްރެޒެންޓޭޝަން %30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  19ޑިސެންބަރު 2019 (ބުރާސްފަތި) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ،  22 ޑިސެންބަރު 2019 އާއި 02 ޖަނަވަރީ 2020  އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް )A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި މިނިސްޓްރީގެ ކޯލް ސެންޓަރ 1617 އަށެވެ.  އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

11 ޑިސެންބަރު 2019
ހޯދާ