އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. އެނބޫދޫ އާއި ހުރަސްދޫ ވަޤުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިކައުންސިލާއި ބެލެހެއްޓުން ޙަވާލުކޮށްފައިވާ އދ.އެނބޫދޫ އާއި އދ.ހުރަސްދޫ ވަޤުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ދެރަށް ވަޤުތީގޮތުން ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި 2019 ޑިސެމްބަރ 23 ވާ ހޯމަ ދުވަހުގެ 11.30 ގެ ކުރިން މިއިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. ކޮންމެ ރަށެއްގެވެސް ޕްރޮޕޯސަލް ހުށަހަޅަންވާނީ ވަކިވަކިންނެވެ.

މި ދެރަށާއި ގުޅޭ މަޢުލޫމާތާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ތަކެތި އެނގޭނެ މަޢުލޫމާތުޝީޓް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. ހުށައެޅޭ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ  2019 ޑިސެމްބަރ 23 ވާ ހޯމަ ދުވަހު 11:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައި އެކަމަށް ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

10 ޑިސެންބަރު 2019
ހޯދާ