ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ހއ.މޮޅަދޫ ޞިއްޙީމަރުކަޒަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި މަސައްކަތަށް ޤާބިލު މީހެކެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

J-279405

ބޭނުންވާ އަދަދު

01

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް1

ވަޒީފާ އަދާކުރަންޖެހޭ ތަން

ހއ މޮޅަދޫ ޞިއްހީމަރުކަޒު

މުސާރަ

4465.00 ރުފިޔާ

ސަރވިސް އެލަވަންސް

1500.00 ރުފިޔާ

އެހެނިހެން އެލަވަންސް

ސަޕޯޓިންގ ކޯ އެލަވަންސް މަހަކު -/700ރުފިޔާ ، ދިވެހި ރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިއުބިޝަން ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 1. ފައިސާއާއި ގުޅުންހުރި މަސައްކަތްއް ކުރުން
 2. ތިޖޫރީ ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން
 3. ފައިސާއާއި ބެހޭ ލިޔުންތަކާއި، ބިލްތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
 4. ބަޖެޓާއި ނުބެހޭ އެކައުންޓް ބެލެހެއްޓުމާއި، ރިޕޯޓްހަދާ މަހުންމަހަށް ފޮނުވުން
 5. ފައިސާއާއި ބެހޭ ރިޕޯޓްތައް ތައްޔާރު ކުރުމާއި، ރިޕޯޓް ފޮނުވުމުގައި ސެކްޝަނުގައި އިސްކޮށް ހުންނަވާ ފަރާތަކަށް ފުރިހަމައަށް އެހީތެރިވެ އެއްބާރުލާ މަސައްކަތް ކުރުވުން.
 6. ބަޖެޓް ސެކްޝަނުގައި އިސްކޮށް މަސައްކުރައްވާ މުވައްޒަފަކު ނެތިއްޖެ ހިނދެއްގައި އިސްވެ މަސައްކަތްކޮށް އެޒިންމާ އުފުލުން
 7. ޞިއްޙީ މަރުކަޒު ތަކުގެ މުވައްޒަފުންގެ މުސާރަ ދިނުމާބެހޭ ކަންތައްތައް ދުރާލާ ރާވާ އިންތިޒާމުކޮށް ބެލެހެއްޓުން. އަދި ދުރާލާ އިތުރަށް ބޭނުންވާ ފައިސާއަށް އެދި ހޮސްޕިޓަލާއި މިނިސްޓްރީ ގައި ދަންނަވާ އެކަންކަމަށް މަސައްކަތް ކުރުން.
 8. ޞިއްޙީމަރުކަޒުގެ މުވައްޒަފުންނަށް އިދާރީގޮތުން ދޭންޖެހޭ ޚިދުމަތްތައް ދެވޭގޮތްތައް ބެލެހެއްޓުމާއި، އެޚިދުމަތްތައް ދިނުން.
 9. ސެކްޝަނަށް ލިބޭ ރަސްމީ ލިޔުންތަކަށް ޖަވާބުތައްޔާރުކުރުން
 10. އަތޮޅުތެރޭގެ ޞިއްހީޚިދުމަތްދޭ ތަންތަނަށް އިދާރީގޮތުން އަންގަންޖެހޭ އެންގުންތައް އެންގުމާއި، އަދި ފޯނުން އެކަންކަމުގެ މަޢުލޫމާތުތައް ކަމާއިގުޅޭ ފަރާތްތަކާއި ގުޅައިގެން ހޯދައި، ސެކްޝަންތަކަށް އެމަޢުލޫމާތު ފޯރުކޮށްދިނުން.
 11. ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ހިގާނުހިގާ ގޮތް ބަލައި ސްޕަރވައިޒުކުރުން
 12. ބިދޭސީ މުވައްޒަފުންގެ ޗުއްޓީ ރެކޯރޑްސް ބެލެހެއްޓުމާއި، މަޢުލޫމާތުތައް އަޕްޑޭޓް ކުރުން.
 13. މުވައްޒަފުންގެ މުސާރަދިނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރުކުރުމާއި،އެމަސައްކަތް ބެލެހެއްޓުން
 14. ކޮންމެ ދުވަހަކުވެސް އޮފީހަށް ލިބޭ އެންމެހާ ލިޔެކިޔުންތައް ޤަވާއިދުން އެންޓްރީކޮށް ވެރިޔާއާއި ހަމައަށް ގެންދިއުން.
 15. ކޮންމެދުވަހަކުވެސް ލިބޭ ލިޔުންތައް ޤަވާއިދުން ހަވާލުކުރަންޖެހޭ ސެކްޝަންތަކަށް ހަވާލުކުރުން
 16. ޔައުމިއްޔާ ލިޔެބެލެހެއްޓުން.
 17. ސެކްޝަނަށް ބޭނުންވާ ސްޓޭޝަނަރީސްއަށް ރިކުއެސްޓްކޮށް ހޯދުން
 18. ރަސްމީގަޑީގައި އޮފީހަށް އަންނަ ފޯނުކޯލްތައް ރިސީވްކުރުމާއި، ކަމާއިގުޅޭ ބޭފުޅުންނާއި ގުޅުވައިދިނުން.
 19. އެޑްމިނިސްޓްރޭޝަން ސެކްޝަނަށް ލިބޭ އެންމެހާ ލިޔެކިއުންތައް ފައިލުކޮށް ބެލެހެއްޓުން

މަޤާމުގެ ޝަރުތުތައް

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާ އިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު އޭގެއިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާ އިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ގުޅޭ ވަޒީފާގެ ދާއިރާ

ފައިނޭންސް

އެކައުންޓިންގ

އެޑްމިނިސްޓްރޭޝަން

ހިއުމަން ރިސޯސް

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

6 ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

ސަޕޯޓް އޮފިސަރ ( ޖީ އެސް 1 އިން ޖީ އެސް 4 އަށް )

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

ކެޓެގަރީގެ ޖުމުލަ އިންސައްތަ    (%)

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމް

35

35

40

މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޚާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޚާން"

12

5

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަވިއު / ޕްރެކްޓިކަލްސް

100

45

45

ޖުމުލަ:

210

100

100

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ހއ މޮޅަދޫ ޞިއްޙީމަރުކަޒުއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ha.molhadhoohc@health.gov.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ  ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 5 ޖެނުއަރީ 2020 އާއި 15 ޖެނުއަރީ 2020 އާ ދެމެދު، ހއ މޮޅަދޫ ޞިއްޙީމަރުކަޒުގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމް ) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ (A2 ފޯމު )" އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސް ބޯރޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއި މެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަނދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500579 ނަންބަރު ފޯނާއެވެ. އީ- މެއިލް ކުރާނީ ha.molhadhoohc@health.gov.mv އަށެވެ.

10 ޑިސެންބަރު 2019
ހޯދާ