މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކުދި ހައިޑްރޮޕޯނިކްސް ސިސްޓަމް ގާއިމް ކޮށްދިނުމުގެ ޕްރޮގްރާމް ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ދަނޑުވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ޞިނާޢަތަކަށް ހެދުމާއިކުޑަ ބިންކޮޅެއްގައި އައު ޓެކްނޮލިޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަން ކުރުމަށް ތަމްރީން ޕްރޮގްރާމް ހިންގުމުގެ ސިޔާސަތުގެ ދަށުން ހައިޑްރޮޕޯނިކްސް ނިޒާމު ގާއިމުކޮށްދިނުމާއި ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް 2020 ވަނަ އަހަރު ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ހިންގުމަށް ބޭނުންފުޅުވާ ރަށްރަށުން އެކަމަށް އެދި ހުށަހަޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.މި ޕްރޮގްރާމުގެ ދަށުން ކުދި ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމް ކޮށްދެވޭނީ މިނިސްޓްރީގެ މަޝްވަރާގެ މަތިން ކައުންސިލުން ކަނޑައަޅާ 10 ފަރާތެއްގެ ބިމުގައެވެ.

ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގާނެ ރަށެއް ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް:

  • ހައްދާ ތަކެތި ގަތުމަށް ތައްޔާރަށް ތިބި ގެސްޓްހައުސްތައްފަދަ ތަންތަން ހުރި ރަށަކަށްވުން އަދި ތަރުކާރީގެ ބާވަތްތައް ރަށުންބޭރުން މިހާރުވެސް އެތެރެކުރާ ރަށަކަށްވުން.
  • އުފައްދާ ތަކެތި ގަތުމަށް އެކަށީގެންވާ ވަރުގެ އާބާދީއެއް އޮތް ރަށަކަށްވުން
  • އުފައްދާ ތަކެތި އެކަށީގެންވާ އަގެއްގައި ވިއްކޭނެ ކަމުގެ ޔަޤީންކަން ލިބިދީފައިވާ މިންވަރު
  • މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކައުންސިލުން ރާވާފައިވާ ގޮތް
  • ދަނޑުބިން ނިސްބަތުން ކުޑަ، ގޯތިތެރެއިން މިމަސައްކަތަށް ޖާގަ ލިބޭނެ ރަށްރަށަށް އިސްކަންދެވޭނެއެވެ. 
 

އިތުރު މަޢުލޫމާތު:

އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަމްބަރ 3339232، 3339264، 3339207، 3339238 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

އެޕްލިކޭޝަންފޯމް ހުށަހެޅުން (އެޕްލިކޭޝަން ފޯމާއި އިތުރު މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓް އަދި މިނިސްޓްރީގެ ވެބްސައިޓުން ލިބިލައްވާނެ)

http://www.gazette.gov.mv

https://www.fishagri.gov.mv

ސުންގަޑި: 23 ޑިސެންބަރު 2019ގެ 14:00ގެ ކުރިން

 

 

09 ޑިސެންބަރު 2019
ހޯދާ