މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިންޓާންޝިޕް ފުރުޞަތު

ދަނޑުވެރިކަމުގެ މަސައްކަތުން ދަނޑުވެރިންނަށް ލިބޭ މަންފާ އިތުރުކޮށްދިނުމަށްޓަކައި ދަނޑުވެރިންގެ މައުލޫމާތާއި ހުނަރު އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތައް މިމިނިސްޓްރީން ދަނީ ހިންގަމުންނެވެ. މިޕްރޮގްރާމްގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު އިތުރުކުރުމާއި އަމަލީ ތަޖުރިބާ ޙާޞިލް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް، 6 މަސްދުވަހުގެ ދަނޑުވެރިކަމުގެ ތަމްރީން ދެވޭނެއެވެ. މިގޮތުން މިޕްރޮގްރާމްގެ ބައިވެރިން 4 މަސްދުވަސް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ތަމްރީން ކުރެވޭނެއެވެ. އަދި އިންޑަސްޓްރީ ނުވަތަ ވިޔަފާރީގެ ތަޖްރިބާ ހޯދުމަށްޓަކައި ދިގުމުއްދަތަކަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށެއްގައި 2 މަސްދުވަހުގެ މުއްދަތަކަށް މަސައްކަތް ކުރާގޮތައްވަނީ ރޭވިފައެވެ.

މިޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ދަތުރުފަތުރާއި ހުރުމާއި ކެއުން އަދި ޕޮކެޓްމަނީ 6 މަސްދުވަހުގެ މުއްދަތަށް މިމިނިސްޓްރީން ހަމަޖައްސާދެވޭނެއެވެ.

ޝަރުތު:

- އަސާސީތައުލީމް ފެންވަރު އަދި ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުރުން

- އަމަލީ މައިދާނުގައި މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި ބޭފުޅަކަށްވުން

- 6 މަސްދުވަހުގެ މުއްދަތަށް ރަށުން ބޭރުގައި ހޭދަކުރެވޭނެ ބޭފުޅަކަށްވުން

ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށްގޮސް ރަށުގެ ދަނޑުވެރިންނަށް ނަމޫނާ ދެއްކުން

އިތުރު މަޢުލޫމާތު:

އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަމްބަރ 3339232، 3339264، 3339202 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

 

 

 

          

- އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ދިވެހިސަރުކާރުގެ ގެޒެޓް އަދި މިނިސްޓްރީގެ ވެބްސައިޓްއިން ލިބިލައްވާނެ)

http://www.gazette.gov.mv

https://www.fishagri.gov.mv

ތައުލީމީ ސެޓިފިކެޓެއް ލިބިފައިވާނަމަ ސެޓްފިކެޓްގެ ކޮޕީ

ސުންގަޑި:  23ޑިސެންބަރ 2019 ގެ 14:00ގެ ކުރިން

09 ޑިސެންބަރު 2019
ހޯދާ