އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ފުލެބްޓޮމިސްޓް

މަޤާމް :ފުލެބްޓޮމިސްޓް
ބޭނުންވާ އަދަދު :2

އިއުލާން

 

   މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަގާމަށް ކޮންޓްރެކްޓް އުސޫލުން މީހުން ބޭނުންވެއްޖެއެވެ. މިމަގާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް:

ފްލެބްޓޮމިސްޓް

ބޭނުންވާ އަދަދު:

މަސައްކަތްކުރަންޖެހޭ ވަގުތު:

2 (ދޭއް)

ހަފްތާއަކު 5 ދުވަހު (ދުވާލަކު 6 ގަޑިއިރު)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (3 މަސް)

މަޤާމުގެ ރޭންކް:

ޖީ.އެސް. 3

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރިހިބިލިޓޭޝަން އެންޑް ޑައިގްނޮސްޓިކް ޑިޕާރޓްމަންޓް، ލެބޯޓްރީ ސެކްޝަން / އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލެވަންސް:

ރިސްކް އެލަވަންސް:

މަހަކު -/1500 ރުފިޔާ

-/100 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

މަޤާމްގެ މަސްއޫލިއްޔަތުތަކާއި  ވާޖިބުތައް:

  1. ޑޮކްޓަރު ދޫކޮށްފައިވާ ލެބޯޓްރީ ރިކުއިސިޝަން ސްލިޕްގައިވާ ތަހްލީލްތައް ހެދުމަށް ބަލިމީހާގެގައިން ލޭނެގުން.
  2. ލެބޯޓްރީ ރިކުއިސިޝަން ސްލިޕްގައިވާ ފަދައިން ބަލިމީހާގައިން ނަގާ ލޭ ސްޕެސިމަން ޓިއުބްތަކަށް އެޅުން.
  3. ކަނޑައެޅިފައިވާ ސްޓޭންޑަޑްތަކާއި އުސޫލުތަކުގެ ތެރެއިން ތޫނުއާލަތްތައް ނައްތާލުން.
  4. ކަނޑައެޅިފައިވާ ސްޓޭންޑަޑްތަކާއި އުސޫލުތަކުގެ ތެރެއިން ލޭ، ބަޔޯހެޒަރޑް ފްލުއިޑް ނުވަތަ ލޭހެކިފައިވާ ޓިޝޫތައްފަދަ ތަކެތި ނައްތާލުން.
  5. މިނޫނަސް މަސައްކަތުގެ މަސްއޫލިއްޔަތުތަކާއި ގުޅޭ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:

ފްލެބްޓޮމިސްޓްގެ ދާއިރާއިން ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް އެލައިޑް ހެލްތް  ކައުންސިލްގައި ރެޖިސްޓްރަރ ކޮށް މަސައްކަތްކުރުމުގެ ރެޖިސްޓްރޭޝަން ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާ އެދި ހުށަހަޅުއްވާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ ނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  2. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަންގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ  13.30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކުރައްވާނަމަ ކުރައްވާނީ [email protected] އަދި ފެކްސް ނަންބަރީ 3316640އެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  18 ޑިސެމްބަރ 2019 އާއި 30 ޑިސެމްބަރ 2019 އާ ދެމެދު، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.  

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯން އަށެވެ.

 

12 ރަބީއުލްއާޚިރާ 1441

9 ޑިސެމްބަރ 2019

09 ޑިސެންބަރު 2019
ހޯދާ