މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އައިޓީ ޓެކްނީޝަން
ބޭނުންވާ އަދަދު :1
މަޤާމް :އައިޓީ ޓެކްނީޝަން
ބޭނުންވާ އަދަދު :1
މަޤާމް :އައިޓީ ޓެކްނީޝަން
ބޭނުންވާ އަދަދު :1

ނޯޓް: "އައިޓީ ޓެކްނީޝަން" މި މަޤާމަށް މި ކުންފުނިން ކޮށްފައިވާ ނަންބަރު އިޢުލާން  IUL)113-HRD/1/2019/77)  އަށް އެދެވިގެންވާ ތަރުޙީބެއް ލިބިފައިނުވުމާއިއެކު މި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

 

މުސާރަ:

މަހަކު -/5،500 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

5،000ރ - 7،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

-އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގައި 04   އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ޕްރޮފެޝަނަލް ޓްރޭނިންގ އެއް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

-       ކޮމްޕިއުޓަރ، ޕްރިންޓަރ، އެކްސެސް އަދި އައިޓީ އިކުއިޕްމެންޓްސް އިންސްޓޯލްކޮށް ސެޓަޕްކޮށް ބެލެހެއްޓުން.

- ނެޓްވޯކް އެޅުމާއި، ނެޓްވޯކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ބެލެހެއްޓުން.

- ޕީއޭބީއެކްސް، ރޭޑިޔޯ ލިންކް އަދި މިނޫންވެސް ޓެލެކޮމިއުނިކޭޝަން އިކުއިޕްމެންޓް ސެޓަޕްކުރުމާއި ބެލެހެއްޓުން.

- .ސީ.ޓީ.ވީ ކެމެރާ ހަރުކޮށް ސެޓަޕްކުރުމާއި ބެލެއްޓުން.

- އެމް.ޕީ.އެލްގެ ދަށުން ހިންގާ އެހެނިހެން ރިމޯޓް ސައިޓްތަކަށް (މާލެއިން ބޭރު ސައިޓްތައް) ދިއުމާއި އައިޓީ ސަޕޯޓް ދިނުން.

- ޑިޕާޓްމަންޓްގައި ކުރާ އެހެނިހެން އައިޓީ މަސައްކަތްތަކުގައި މަސްޢޫލުވެ އުޅުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ޝިފްޓް އުސޫލުން ދުވާލަކު (08 ގަޑިއިރު)

މަސައްކަތްކުރަންޖެހޭ ތަން:

އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2019 ޑިސެންބަރު 16 ވާ ހޯމަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ދުވަހުގެ ކުށުގެ ރިކޯޑް ޗެކްކުރެވޭނެއެވެ.
08 ޑިސެންބަރު 2019
ހޯދާ