ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

01 ފެބްރުވަރީ 2020 ން 31 ޑިސެމްބަރ 2020 އަށް މި މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލަމެވެ.

  1. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 2019 ޑިސެމްބަރ 10 ން 2019 ޑިސެމްބަރ 12 އަށް، ހެނދުނު 8:30 ން މެންދުރު 12:00 އާ ދެމެދު މަދަރުސާގެ އޮފީހަށް ވަޑައިގެން ނަންނޯޓްކުރެއްވުންއެދެމެވެ.
  2. މަސައްކަތާގުޅޭ މަޢްލޫމާތު ދިނުން އޮންނާނީ، 2019 ޑިސެމްބަރ 15 ވަނަ ދުވަހުގެ 11:30 ގައި މަދަރުސާގެ މީޓިންގ ރޫމުގައެވެ.
  3. މަސައްކަތުގެ އަގު ހުށަހެޅުމާއި، ކަނޑާ ބެލުން އޮންނާނީ،2019 ޑިސެމްބަރ 19 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި މަދަރުސާގެ މީޓިންގ ރޫމުގައެވެ.
  4. ސަމާލުކަން ދޭންވީ ކަންކަން:

ހ. މި މަސައްކަތަށް ކުރިމަތިލެވޭނީ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކާއި، ކުންފުނިތަކަށެވެ.

ށ. މަޢްލޫމާތު ސާފުކުރުމާއި، އަގު ހުށަހެޅުމަށް ކަނޑައެޅިފައިވާ ވަގުތަށްވުރެ ފަސްކޮށް ޙާޒިރުވާ ފަރާތްތަކަށް ބައިވެރިނުވެވޭނެކަމުގައިވެސް ދެންނެވީމެވެ.

ނ. އިތުރު މަޢްލުމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، 6500048 ނަމްބަރ ފޯނަށެވެ. މެއިލް މެދުވެރިކޮށް ނަމަ، [email protected] އަށެވެ.

08 ޑިސެންބަރު 2019
ހޯދާ