ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ނީލަމާއި ގުޅޭ

      

 

 

ދ.އަތޮޅު ތައުލީމީ މަރުކަޒު

ދ.ކުޑަހުވަދޫ                                         ނަންބަރ: GS-24/IUL/2019/53

ދިވެހިރާއްޖެ

އިޢުލާން­­­­­­­­­­­­­­­­­­­­

 

މި މަރުކަޒުކައި ހުރި ބައެއްތަކެތި ނީލަންކިޔުމާ ބޭހޭ

 

މި މަރުކަޒުގައި މިހާރު ބޭނުންނުކުރާ ބައެއްތަކެތި ނީލަމުގެ ގޮތުގައި ވިއްކާލަން ބޭނުންވެއެވެ. މި ނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.

 

  1. ނީލަންކިޔުން އޮންނާނީ 22 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހު 10:00 ގައި ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތި ތެރޭގައެވެ.
  2. ނީލަމުގެ ބައިތައް ބެހެއްޓިފައި ހުންނާނީ ވަކިވަކިންނެވެ. ކޮންމެ ބައެއް ނީލަންކިޔާނީވެސް ވަކިވަކިންނެވެ.
  3. ނީލަންކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ.
  4. ނީލަމުގެ ފެށޭ އަގު ކޮންމެ ބައެއްގައި ވަކިވަކިން، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ފެންނާނެހެން ބެހެއްޓިފައި ހުންނާނެއެވެ.
  5. ނީލަން ނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނު ފަރާތުން ފައިސާ ދައްކަންވާނެއެވެ.
  6. ނީލަން ނިމޭތާ 5 ދުވަހުގެ ތެރޭގައި (ބަންދު ދުވަސްތައް ނުހިމަނައި) ނީލަން ނިމުނު ފަރާތުން ތަކެތި ގެންގޮސް ނިންމަންވާނެއެވެ.
  7. ތަކެތި ދޫކުރެވޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރު ފަހު 13:30 އަށެވެ.

 

މިނީލަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7952914 / 7847040 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.   

11 ރަބީޢުލްއާޚިރް 1441

08 ޑިސެމްބަރ 2019

08 ޑިސެންބަރު 2019
ހޯދާ