ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އޮޑިޓް އެގްޒެކެޓިވް (ވަގުތީ)

މަޤާމު:

އޮޑިޓް އެގްޒެކެޓިވް (ވަގުތީ)

ރޭންކު:

CSC4-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ޑިވިޜަން/ސެކްޝަން:

އޮޑިޓް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް/ އޮޑިޓް އެންޑް އިވޭލުއޭޝަން

ޑިވިޜަނުގެ މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސް އިދާރާތައް އޮޑިޓުކުރުމާ، ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން

މުސާރަ:

މަހަކު -/8740 ރުފިޔާ

ސަރވިސް އެލަވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3059.00 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ވަގުތީ (ކޮންޓްރެކްޓު ކުރެވޭ ތާރީޚުން ފެށިގެން 2020 މޭ 22 އާ ހަމައަށް އަދި ކޮމިޝަނުން ބޭނުންވެއްޖެ ހިނދެއްގައި ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.)

އަސާސީ ޝަރުތު:

ހިއުމަން ރިސޯސް މެނޭޖްމަންޓް، އޮޑިޓިންގ، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ސިވިލް ސަރވިސްގެ އިދާރާތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ކުރުމާގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. ކޮމްޕަލަޔަންސް އޮޑިޓް ކުރުމާއި ގުޅޭ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލުމާއި، އަދި ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  3. ސިވިލް ސަރވިސްގެ އިދާރާތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްތައް އެކުލަވާލުމަށްފަހު ކޮމިޝަނަށް ހުށަހަޅައި ނިންމާގޮތެއްގެ މަތިން ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ފޮނުވައި ނިންމުންތައް ތަންފީޒުކުރަން އެންގުން.
  4. ކޮމްޕްލަޔަންސް އޮޑިޓަށް ފާހަގަކުރެވޭ ކަންތައްތަކުގެ ތެރެއިން ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންތައްތައް ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމާއި އިދާރީގޮތުން އެ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  5. ކޮމްޕްލަޔަންސް އޮޑިޓް ކުރުމުގައި ފާހަގަކުރެވޭ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު ހިންގުމުގައި ދިމާވާ ދަތިތައް ހޯދައި، ގަވާއިދާއި އުސޫލުތަކަށް ގެންނަން ފެންނަ އިސްލާހުތަކާގުޅޭ މައުލޫމާތު ކޮމިޝަނަށާއި ކަމާބެހޭ ކޮމިޝަނުގެ އިދާރާގެ ސެކްޝަންތަކަށް ފޯރުކޮށްދިނުން.
  6. ކޮމްޕްލަޔަންސް އޮޑިޓް ކުރެވުނު އިދާރާތަކުގެ އޮޑިޓް ރިޕޯޓްތަކުން ފާހަގަކުރެވުނު މައްސަލަތައް ޙައްލުކުރުމަށް ދެވިފައިވާ މުއްދަތުތަކުން ކަންކަން ނިންމާފައިވޭތޯ ބަލާ ރިވިއުކުރުން.
  7. ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގެ އިންސާނީ ވަސީލަތްތަކުގެ ޙާލަތު ދެނެގަތުމާއި ކަނޑައަޅާފައިވާ މެންޑޭޓް ޙާސިލްކުރެވޭ މިންވަރު ދެނެގަތުމަށް ހިއުމަން ރިސޯސް އޮޑިޓްކުރާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުމާއި، އެ އާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނުވަތަ ކޮމިޝަނުން ނިންމާ ނިންމުމަކާ ގުޅިގެން ކުރަންޖެހޭ "ޙާއްސަ އޮޑިޓް" ކުރާނެ އުޞޫލުތައް އެކުލަވާލުމާއި، ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގެ "ޙާއްސަ އޮޑިޓް" ކުރުމާއި، ރިޕޯޓް އެކުލަވާލުމާއި، ކޮމިޝަނާއި އެ އިދާރާއަކާ ޙިއްސާކުރުން. އަދި ޙާއްސަ އޮޑިޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  9. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނުވަތަ ކޮމިޝަނުން ނިންމާ ނިންމުމަކާ ގުޅިގެން ނުވަތަ ބޭނުންވެއްޖެ ޙާލަތެއްގައި "ސްޕޮޓް ޗެކް" ކުރާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުމާއި، ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގައި "ސްޕޮޓް ޗެކް" ކުރުމާއި، ރިޕޯޓް އެކުލަވާލުމާއި، ކޮމިޝަނާއި އެ އިދާރާއަކާ ޙިއްސާކުރުން. އަދި ސްޕޮޓްޗެކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  10. އޮޑިޓް ޓީމްތަކުގެ އިދާރީ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  11. ސެކްޝަނުން ހިންގާ އޮޑިޓްގެ މަސައްކަތްތައް ހިނގައިދިޔަ ގޮތާއި، އެ ކަމުގައި ފާހަގަ ކުރެވޭ ކަންތައްތަކުގެ މައްޗަށް ބަލައި އަހަރީ ރިޕޯޓެއް އެކުލަވާލައި، ކޮންމެ އަހަރެއް ނިމުމުން ކޮމިޝަނަށް ހުށަހެޅުން.
  12. ކޮމިޝަނުގެ އަދި ސެކްޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  13. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2019 ޑިސެންބަރު 15 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040) އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: 30)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިންސައްތަ: 55)
    • އެޕްޓިޓުއުޑް ޓެސްޓް - 10 އިންސައްތަ
    • ޕްރެކްޓިކަލްސް - 10 އިންސައްތަ
    • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން - 35 އިންސައްތަ

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2019 ޑިސެންބަރު 16 ން 2019 ޑިސެންބަރު 31 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، މާލެ 20040) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްޞީލު އާއްމުކުރުން އަދި ޝަކުވާ ހުށަހެޅުން

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްޞީލު ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކުރެވޭނެއެވެ. އަދި މިކަމާ ގުޅިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، މަޢުލޫމާތު އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307358 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

8 ރަބީޢުލްއާޚިރު 1441ހ

5 ޑިސެންބަރު 2019މ                                

05 ޑިސެންބަރު 2019
ހޯދާ