ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
މެލޭޝިއާގެ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

މެލޭޝިއާގެ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

 

    މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި 2020 ވަނަ އަހަރު އެޕްރީލް 6 ން 11 ށް  ބޭއްވުމަށް ހަމަޖެހިފައިވާ "62 ވަނަ އިންޓަނޭޝަނަލް ޤުރްއާން ރިސައިޓަރސް އެސެމްބްލީ" ގައި ބައިވެރިވުމުގެ ދައުވަތުވަނީ ރާއްޖެއަށް ލިބިފައެވެ. މިމުބާރާތުގައި ކޮންމެ ޖިންސަކުން ބޭފުޅަކު ބައިވެރިވުމުގެ ފުރުޞަތު އެބައޮތެވެ. މި އެސެމްބްލީގައި ބައިވެރިވެ ވަޑައިގަންނަވާ 2 ބޭފުޅުންނަށް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު މެލޭޝިޔާ ސަރުކާރުން ދެއްވާގޮތަށްވަނީ ހަމަޖެހިފައވެ.

 

ބައިވެރިވުމުގެ ޝަރުޠު

 

  1. މި މުބާރާތުގައި މީގެކުރިން ބައިވެރިވެފައިވާނަމަ ބައިވެރިވިފަހުން 3 އަހަރު ހަމަވެފައިވުން.
  2. މި މުބާރާތުގައި މީގެކުރިން ބައިވެރިވެ އެ ކެޓަގަރީއަކުން 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.
  3.  ޢުމުރުން 18 އަހަރުން މަތީގެ ފަރާތެއް ކަމުގައިވުން.
  4. ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށާއި ކުރުރާގަށް ކިޔަން އެނގުން / މުޅިޤުރުއާން ހިތުދަސްކޮށްގެން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން އެނގުން.

 

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ 2 ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2019 ޑިސެމްބަރ 16 ވާ ހޯމަ ދުވަހުގެ 12.00 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ސިޓީއާއެކު ޕާސްޕޯޓް ކޮޕީ، 1 ޕާސްޕޯޓް ސައިޒް ފޮޓޯ އަދި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.

05 ޑިސެންބަރު 2019
ހޯދާ