މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު.

މަޤާމް :ޓަގް ޑްރައިވަރ
ބޭނުންވާ އަދަދު :4

 މުސާރަ:

 -/4580 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 -/4000 ރ - -/7000 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

 އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ   ފައިސާލިބޭނެއެވެ.

 ޝަރުތު:

 - ކަނޑުމަގުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސްގެ E އަދި F އޮތުން. (E ކަފުގައި ޖަހައިގެން   ދުއްވާ އުޅަނދުފަހަރު 150 ހޯސްޕަވަރަށްވުރެ ދަށް، F އަދި ކަފުގައި ޖަހައިގެން ދުއްވާ އުޅަނދުފަހަރު 150 ހޯސްޕަވަރަށްވުރެ މަތި)

 - ޓަގް އޮޕަރޭޓް ކުރުމުގައި މަދުވެގެން 02 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 - އުމުރުން 45 އަހަރުން މަތީ މީހެއް ކަމުގައި ނުވުން.

 - ގިނަ ވަގުތު ކަނޑުމަތީގައި އުޅެވޭ، ސިއްޙަތު ސަލާމަތުންހުރި މީހަކު ކަމުގައިވުން.
 

 މަޤާމުގެ މައިގަނޑު   މަސްޢޫލިއްޔަތު:

 - ސަރުކާރުގެ ޤަވާޢިދުތަކާއި ޙިލާފުނުވެ އުޅަނދުފަހަރު ދުއްވުމާއި، މަސައްކަތުގައި އުޅޭ އިރު ރައްކާތެރިކަމާއި ފަރުވާތެރިކަމާއިއެކު

 ދުއްވުން

 - އުޅެމުންދާ އުޅަނދުގެ މަރާމާތުގެ މަސައްކަތެއް ކުރާއިރު މެކޭނިކުންނަށް އެހީތެރިވެ މަސައްކަތުގައި ބައިވެރިވުން.

 - އުޅަނދުފަހަރުގައި މަސައްކަތް ކުރުމަށް ބޭނުންކުރާ ޓޫލްފަދަ ސާމާނު ރަގަޅަށް ސާފުކޮށް ފަރުވާތެރިކަމާއި އެކު ބެލެހެއްޓުމަށް 

 ފަޅުވެރިންނަށް އަންގާ ބަލަހައްޓަމުން ގެންދިއުން 

 - ބާޖްފަހަރު ގެނެސް ގެންދާއިރު އަދި ބޯޓުފަހަރު ދުރުކޮށް ކައިރި ކުރާއިރު ގެއްލުމެއް ނުވާގޮތަށް ފަރުވާ ބަހައްޓައިގެން ދަތުރުކުރުންް

 - ބާޖްފަހަރު ކަފުޖަހައިގެން އަންނައިރު ބާޖްގައި ޖަހާފައި އޮންނަވާ ދިގުވެގެން ބާޖް ކޮންޓްރޯލް ކުރުމަށް ދަތިވާނެހެން ހީވާކަމަށް 

 ފެންނަހިނދެއްގައި އެކަން ރަގަޅުކޮށް ގެއްލުމެއް ނުވާގޮތަށް ބަލައިގެން ދަތުރުކުރުން

 - އުޅެމުންދާ އުޅަނދުގެ ދަތުރުކުރުމުގެ ތެރޭގައި އާއި އަދި އެނޫންވެސް ގޮތަކުން ޓަގަށް ދިމާވާ މައްސަލައެއް ނުވަތަ އެކްސިޑެންޓް

 ވަގުތުން ޔައުމިއްޔާގައި ނޯޓްކޮށް އަދި އެވަގުތު ޑިއުޓީގައި ހުންނަ ސުޕަވައިޒަރަށް އެކަން އެންގުން

  

 މަސައްކަތް ކުރަންޖެހޭ   ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

 ވަޒީފާތަކަން އެދި ހުށަ  އަޅަންޖެހޭ ތަކެތި:

 - މަޤާމަށް އެދިހުށައަޅާ ފޯމް

 - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

 - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

 ސުންގަޑި:

 2019 ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން

 ފޯރމް ހުށަހަޅަންޖެހޭ   އޮފީސް:  

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

 ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ       ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

  އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

   ނޯޓް:  މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.   އަދި   ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ދުވަހުގެ ކުށުގެ ރިކޯޑް ޗެކްކުރެވޭނެއެވެ.

 

 
05 ޑިސެންބަރު 2019
ހޯދާ