ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓުރޫމަށް ބޭނުންވާ އޯޑިއޯ ކޮންފަރެންސް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓުރޫމަށް ބޭނުންވާ އޯޑިއޯ ކޮންފަރެންސް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: 198F/2019/134 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް މި ޑިޕާޓްމަންޓްގެ ސްޕެސިފިކޭޝަނާ ދިމާ ނުވުމުގެ ސަބަބުން މި އިޢުލާން ބާޠިލްކޮށް މިތަކެތި ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

މިކަމާއިބެހޭ މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެންހުންނާނެއެވެ.

މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 09 ވާ ހޯމަ ދުވަހުގެ 09:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޑިސެމްބަރ 11 ވާ އަންގާރަ ދުވަހުގެ 09:00 އަށް އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

 މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ރަބީޢުލްއާޚިރު 1441

04 ޑިސެންބަރު 2019
ހޯދާ