މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
2020 ވަނަ އަހަރު ދިވެހި ރާއްޖެއަށް އެތެރެކުރާ އެޗް.ސީ.އެފް.ސީ ކޯޓާގެ މިންވަރު

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ހަދާފައިވާ ބައިނަލް އަގްވާމީ މުޢާހަދާ، 'މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ'ގެ ދަށުން، ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ ހައިޑްރޯކްލޯރޯފްލޯރޯކާބަންސް (އެޗް.ސީ.އެފް.ސީ) 2020 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި، 2020 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ސަރވިސިން ޓެއިލެއްގެ ގޮތުގައި ކޮންމެ އަހަރަކު ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ ކޯޓާގެ މިންވަރަކީ 1.68 (އެކެއް ޕޮއިންޓް ހައެއް ހަށެއް) މެޓްރިކްޓަނެވެ. އަދި، މި އަދަދަށް ގޭސް އެތެރެކުރެވޭނީ ކޮންމެ އަހަރަކުވެސް އެޗް.ސީ.އެފް.ސީ ގޭސް އެތެރެ ކުރުމަށް ޚާއްސަ ހުއްދަ ދެވޭ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް އެކަންޏެވެ. ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާން ކުރަމެވެ. 

04 ޑިސެންބަރު 2019
ހޯދާ