ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލްގެ އޮފީސް މަރާމާތުކުރަން ބޭނުންވެއްޖެ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މި ސްކޫލްގެ އޮފީސް މަރާމާތުކުރަން ބޭނުންވެއްޖެ.

     މިސްކޫލްގެ އޮފީސް މަރާމާތުކުރުމަށް ބޭނުންވެގެން ކުރި   ނަންބަރ: GS157/2019/IUL36 (18 ނޮވެމްބަރ 2019) އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޛިރުވެފައި ނުވުމުގެ ސަބަބުން އެ އިޢުލާން ބާތިލްކޮށް އަދި މި ސްކޫލްގެ ނަންބަރ: GS157/2019/IUL40 26 ނޮވެމްބަރ 2019) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކުރުމަށް ހާޛިރުވެފައި ނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލްކޮށް އަލުން އިއުލާނު ކުރަމެވެ.

ވީމާ، މި ސްކޫލްގެ އޮފީސް މަރާމާތުކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްގެ ނިޔަލަށް ނަން ނޯޓްކޮށް، ފެންފުށީ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

1         މި ސްކޫލްގެ އޮފީސް މަރާމާތުކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2         މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 05 ން 2019 ޑިސެމްބަރ 09 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 11:00އަށް މި ސްކޫލްގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3         މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 09 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4         މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 09 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

5         ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 15 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

6         މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000/- ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.

7         މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

8         ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފެންފުށީ ސްކޫލް

އދ.ފެންފުށި

ފޯން:6680817

އީ-މެއިލް: [email protected]

04 ޑިސެންބަރު 2019
ހޯދާ