ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
2020 ވަނައަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

2020 ވަނައަހަރު މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރެވުނު އިޢުލާން ނަންބަރ: GS-72/IUL/2019/47 އަށް ޝައުޤުވެރިކަން ފާޅުކޮށް ހުށައެޅުއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ތިންފަރާތް ހަމަނުވާތީ އެއިޢުލާން ބާޠިލްކޮށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ،

2020 ވަނަ އަހަރު މިމަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައި ދެއްވުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ. 

 މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019ޑިސެންބަރ 5 އިން 11 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ޢަފީފުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2019  ޑިސެންބަރ 11 ވާބުދަދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

  މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019ޑިސެންބަރ 12  ވާ ބުރާސްފަތި ދުވަހުގެ  13:00 ގައި މިސްކޫލުގައެވެ.

  • ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެންބަރ 17 ވާ އަންގާރަ ދުވަހުގެ 13:00 ގައި ޢަފީފުއްދީން ސްކޫލް ގައެވެ.
  •  ނޯޓް : ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް

  ފޯން: 6528046 ، 6528041

އީމެއިލް: [email protected] 

 

04 ޑިސެންބަރު 2019
ހޯދާ