މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ރެސިޑެންޓް އިންޖިނިއަރ ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު-ޗައިނާ އެއިޑް ރެނޮވޭޝަން ޕްރޮޖެކްޓް މިނިސްޓްރީ އޮފް ފޮރީން އެފެއާރޒް

ޗައިނާ އެއިޑް ރެނޮވޭޝަން ޕްރޮޖެކްޓް މިނިސްޓްރީ އޮފް ފޮރީން އެފެއާރޒް 

ރެސިޑެންޓް އިންޖިނިއަރ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާންސްޓްރަކްޗަރ (އެމް.އެން.ޕީ.އައި.) އިން މިނިސްޓްރީ އޮފް ފޮރީން އެފެއާރޒްއަށް ލިބިފައިވާ ޗައިނާ އެއިޑް ރެނޮވޭޝަން ޕްރޮޖެކްޓްގެ މަސައްކަތްތައް ބަލަހައްޓާ، ކޯޑިނޭޓްކޮށް މޮނިޓަރކުރާނެ ރެސިޑެންޓް އިންޖިނިއަރ އެއް ހޯދުމަށް ބޭނުންވެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު، މިފަދަ މަޝްރޫޢުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތައުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މައުލޫމާތު ހިމެނޭ ވަނަވަރު ހުށައަޅަންވާނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން 17 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

އީމެއިލް: tenders@planning.gov.mv

މި މަޝްރޫޢުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.

tenders@planning.gov.mv

03 ޑިސެންބަރު 2019
ހޯދާ