ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮޅިދަނޑި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ:

މުކުރިމަގު ސަހަރާގެ ހުޅަނގުން އޮންނަ މަގުގައި ހޮޅިދަނޑި ޖަހާ ލައިޓް ހަރުކުރުމަށް ބޭނުންވާތީ މި އިދާރާއިން ކޭބަލް، ލައިޓް އަދި ހޮޅިދަނޑި ދިނުމުން، މި އިދާރާއިން ދޭ މަޢުލުމާތާއި އެއްގޮތަށް ކޭބަލް ވަޅުލައި، ބުޑުއަޅައި ހޮޅިދަނޑިތަށް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރުދުންގެ ވިޔަފާރި ނުވަތަ ކުންފުނިތަކުން ތިރީގައިވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

ކޮންމެ ފަރާތަކަށް ވެސް މަޢުލޫމާތު ސާފުކުރެވޭނީ ކޮންމެ ވެސް އެއްފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އެސްޓިމޭޓް ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެއެވެ. މިހެންވެ މި ކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

#

 

ތަން

ތާރީޚް

ގަޑި

1

މަޢުލޫމާތު ސާފުކުރުން

ގަމު ކައުންސިލް އިދާރާ

09 ޑިސެމްބަރ 2019 (ހޯމަ)

13:00

2

އެސްޓިމޭޓް ހުށަހެޅުން

ގަމު ކައުންސިލް އިދާރާ

12 ޑިސެމްބަރ 2019 (ބުރާސްފަތި)

13:00

  

03 ޑިސެންބަރު 2019
ހޯދާ