ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއަތޮޅު ސްޓޭޓް ހައުސްގައި ބާވެފައިހުރި ބައެއް ތަކެތި ނީލަމުގައި ވިއްކާލުން

އިޢުލާން

ފ. އަތޮޅު ސްޓޭޓު ހައުސްގައިހުރި ބޭނުން ނުކުރެވޭ އަދި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގައި ވިއްކާ ތަކެތީގެ މަޢުލޫމާތު މި އިޢުލާނާ އެކުގައިވާ ލިސްޓުގައި ހިމަނާފައިވާނެއެވެ. އެލިސްޓުގައިވާ ތަކެތި ބައިކޮށް އެއިން ކޮންމެ ބަޔަކަށް ތަރުތީބު ނަންބަރެއްދީ ނީލަންފެށޭ އަގާއި، ނީލަމަށް އިތުރުކުރެވޭ އަގުތަށް ބަޔާންކޮށް ތަކެތީގެ ހާލަތުވެސް ބަޔާންކޮށްފައިވާނެއެވެ. ނީލަން ކިޔުމުގެ ކަންތައް ކުރިޔަށްދާނީ ލިސްޓުގައިތަކެތި ބައިކުރެވިފައިވާ ގޮތަށް އަދި އެތަކެތީގެ ނީލަންފެށޭ އަގާއި، ނީލަމަށް އިތުރުކުރެވޭ އަގުތަށް ކަނޑައަޅާފައިވާ ގޮތަށެވެ. ނީލަން ކިއުން އޮންނާނީ 15 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ ހަވީރު 4:15 ގައި ފ. އަތޮޅު ސްޓޭޓު ހައުސް ގޯތީގައެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށް ފ. އަތޮޅު ސްޓޭޓު ހައުސް ގޯއްޗަށް ދުރުވެދެއްވުން އެދެމެވެ. ނީލަން ކުރިޔަށް ގެންދެވޭނީ މަދުވެގެން 03 މީހުން ތިބެގެންނެވެ.

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ނީލަމުން ތަކެތި ނެންގެވުމަށްފަހު ރަސްމީ 03 ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދައްކަވައި ނިންމަވަންވާނެއެވެ. ތަކެތި ދޫކުރެވޭނީ ފައިސާ ދެއްކުމުންނެވެ. ވަގުތުން ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުވެސް އޮންނާނެ ވާހަކަ ދެންނެވީމެވެ. ފައިސާ ނުދައްކަވައި ހުންނަ ތަކެތި 02 ވަނަ ފަހަރު ނީލަމަށް އިޢުލާން ކުރާއިރު ނީލަމަށް ހުށަހެޅޭނެ ވާހަކަވެސް ދެންނެވީމެވެ.

 

03ޑިސެންބަރު2019

03 ޑިސެންބަރު 2019
ހޯދާ