ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދުއިން 4 ހުސް ބިން ކުއްޔަށް ދޫކުރުން

ހއ ދިއްދޫ ބަނދަރު ސަރަހައްދުގައި ގިނަ ދުވަސްތަކެއް ވަންދެން ހުސްކޮށް އޮތް ތިރީގައި ތަފްޞީލް ދެވިފައިވާ 4 ހުސް ބިން 10 އަހަރު ދުވަހުގެ މުއްދަތަށް، ކުއްޔަށް ދޫކުރުމަށް އިޢުލާންކުރަމެވެ.

 1. ކުއްޔަށް ދޫކުރެވޭ ހުސް ބިންތަކުގެ ތަފްޞީލް

 

ބިމުގެ ނަން

ޖުމްލަ އަކަފޫޓް

ބިމުގެ ނަން

ޖުމްލަ އަކަފޫޓް

ވައިލެޓް 4

1039.50

ވައިލެޓް 6

1072.50

ވައިލެޓް 5

1000.50

ވައިލެޓް 13

1992.38

 

2. ބީލަމާ ގުޅޭ އިތުރު ތަފްޞީލް

 

ބިޑްފޮތް ވިއްކުން

4 ޑިސެންބަރ 2019 އިން 15 ޑިސެންބަރ 2019 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 12:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނުން ބިޑްފޮތް ލިބެން ހުންނާނެނެވެ. ބިޑް ފޮތެއްގެ އަގަކީ -/25 (ފަންސަވީސް) ރުފިޔާ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

18 ޑިސެންބަރ 2019 ވާ ބުދަ ދުވަހުގެ 11:15 ގައި ހއ. ދިއްދޫ ކައުންސިލުން ކަނޑައަޅާ ތަނެއްގައި

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

22 ޑިސެންބަރ 2019 ވާ އާދިއްތަ ދުވަހުގެ 11:15 ގައި ހއ. ދިއްދޫ ކައުންސިލުން ކަނޑައަޅާ ތަނެއްގައި

  

މި އިޢުލާނުގައި ބުނެފައިވާ ބިންތައް ކުއްޔަށް ދޫކުރުމުގެ ގޮތުން ހއ ދިއްދޫ ކައުންސިލުން ޢަމަލުކުރާނެ ގޮތް ބަޔާންކޮށް ދިއްދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 85 ވަނަ ޢާންމު ބައްދަލުވުމުގައި ފާސްކޮށްފައިވާ "ހއ ދިއްދުއިން 4 ހުސް ބިން ކުއްޔަށް ދޫކުރުމުގެ އުސޫލު 2019" ވެސް ޢާންމުކުރީމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި ބީލަން ހުށަހަޅާ ބައްދަލުވުން ބާއްވާ ތަނުގެ މަޢުލޫމާތު ފަހުން އިޢުލާނުކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މި ކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03 ޑިސެންބަރު 2019
ހޯދާ