އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ލިފްޓް މަރާމާތުކޮށް ބެލެހެއްޓުން

  1. 1 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލުގެ އާ އިމާރާތުގެ 3 ލިފްޓް މަރާމާތުކޮށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޑިސެމްބަރ 8 ވާ އާދީއްތަ ދުވަހު 11.00 ށް މި ސްކޫލުގައި އޮންނާނެ އެވެ.

3. ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 10 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

4. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

6. މައުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި ބައިވެރި ނުވާ ފަރާތެއްގެ ބިޑް ބަލަގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އަމީނިއްޔާ ސްކޫލް

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3325762، 3323247

އީ-މެއިލް: [email protected]

 

5 ރަބީޢުލްއާޚިރު 1441

02 ޑިސެންބަރު 2019
ހޯދާ