މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

             2020 ވަނައަހަރަށް ޕްރީސްކުލަށް ރިލީފް ޓީޗަރުން ހޯދުމަށް ބޭނުން ވެއެވެ.

މަޤާމް:              ޕްރީސްކޫލް ޓީޗަރ ( ރިލީފް )

ބޭނުންވާ ޢަދަދު:         2

ވަޒީފާ އަދާކުރަންޖެހޭތަން:   ހިންމަފުށީ ޕްރީސްކޫލް

މުސާރަ:             4465.00 ރުފިޔާ

ސާރވިސް އެލަވަންސް:     1500.00 ރުފިޔާ

މުއްދަތު:             1 އަހަރު ދުވަހުގެ މުއްދަތަށް

މަޤާމް ޝަރުތުތައް :

  • ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.
  • ކިޔަވައިދިނުމުގެ ރޮގުން ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.
  • އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރައިން ސެޓްފިކެޓެއް ޙާޞިލް ކޮށްފައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-   ހިންމަފުށީ ޕްރީސްކޫލް ހިންގާ ޤަވާޢިދުގައިވާ ގޮތުގެމަތީން ޕްރީސްކޫލްގެ މުޤައްރަރާއި އެއްގޮތަށް ދަރިވަރުންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުން.

2-   ހިންމަފުށީ ޕްރީސްކޫލްގެ ރަސްމީ ޓީޗަރުން ގަޑި ނަންގަވައިދެއްވާއިރު ކްލާހުގައި އެހީތެރިކަން ދިނުމާއި ސްކޫލުން ފާހަގަކުރާ ޙަރަކާތްތަކުގައި ބައިވެރިވުން.

3-   ދަރިވަރުންގެ ޢުމުރާއި ގުޅޭގޮތަށް ކަނޑައެޅޭ މުޤައްރަރެއްގެ ދަށުން ޤުރުއާން ގަޑިތައް ނަގައިދިނުމާއި ޢަރަބިބަހުން ޢުމުރާއި ގުޅޭގޮތަށް މީހުންނާއި މުޢާމަލާތު ކުރަން ދަސްކޮށްދިނުން.

4-   ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗިންގ އެއިޑްސް ތައްޔާރުކުރުމާއި ކްލާހުގައި އެތަކެތި ބޭނުންކުރުން.

އިންޓަރވިއު އޮންނާނެތަނާއި، މުއްދަތު:

    (ހ) މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަރވިއު ކުރުން އޮންނާނީ ކ. ހިންމަފުށީ ކައުންސިލްގެ އިދާރާގަ އެވެ.

    (ށ) އިންޓަވިއު ކުރުން އޮންނާނެ ތާރީޚް އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

    (ހ) ވަޒީފާއަށް އެދޭ ފޯމާއި ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަކުރެއްވުމަށްފަހު 10 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ހިންމަފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރައާއި އިނާޔަތްތައް:

          ރަމަޟާން މަހުގެ މުނާސަބަތުގައިދޭ އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ ޤަވާޢިދުގެ މަތީން އިތުރުގަޑީގެ ފައިސާ ލިބޭނެ އެވެ. 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަންފޯމް ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްގެ އިދާރާއިންނެވެ. )

2-   ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިއުންތައް.

3-   މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތައް.

4-   ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

5-   ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިއުންތައް ކިޔަން އެގޭފަދަ ކޮޕީ.

ނޯޓް: މިވަޒީފާއަކީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.     

    މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޑިސެންބަރު 2019
ހޯދާ