މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭވަށު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން

އިޢުލާން

ވޭވަށު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމާއިބެހޭ

           2020 ވަނަ އަހަރުން ފެށިގެން ކުރިޔަށްއޮތް 3 (ތިނެއް) އަހަރަށް ވޭވަށު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަކުން 11 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 14:00 ގެކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ.

ސެކިއުރިޓި ބެލެހެއްޓުމަށް ބޭނުންވާގޮތް:

  • ކެމެރާ ސިސްޓަމް ހަރުކޮށްގެން

މަޢުލޫމާތު ސާފުކުރުން:

           މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:30 އިން ފެށިގެން މެދުރުފަހު 14:00 ގެ ނިޔަލަށެވެ. މަޢުލޫމާތު ސާފުކުރުމުގައި ވޭވަށު ކައުންސިލް އިދާރާއަށް ދެރުވުމުން އެފަރާތަކުން ބޭނުންވާ މަޢުލޫމާތެއް ސާފުކޮށްދެވޭނެއެވެ. މީގެ އިތުރުން ވޭވަށު ކައުންސިލް އިދާރާގެ ނަމްބަރ 6720035 ނަމްބަރ ފޯނާއި 7595939 އާއި ގުޅުއްވުމުންވެސް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

02 ޑިސެންބަރު 2019
ހޯދާ