މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މި މިނިސްޓްރީ އިން ކުރިއަށްގެންދިއަ ޕްރޮޖެކްޓްއަކާއި އެޕްރޮޖެކްޓްގެ ލިޔެކިޔުންތައް ދިރާސާކޮށް އިވެލުއޭޓްކޮށްދޭނެ އޮޑިޓް ފާމްއެއް ހޯދުމާގުޅޭ

  1. މި މިނިސްޓްރީ އިން ކުރިއަށްގެންދިއަ ޕްރޮޖެކްޓްއަކާއި އެޕްރޮޖެކްޓްގެ ލިޔެކިޔުންތައް ދިރާސާކޮށް އިވެލުއޭޓްކޮށްދޭނެ އޮޑިޓް ފާމްއެއް ހޯދުމަށް މި މިނިސްޓްރީއިން ބޭނުންވެއެވެ.
  2. އަދި، މި މަސައްކަތައް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ޑިސެންބަރު 04 ވާ ބުދަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްއެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް މައުލޫމާތު ސެޝަނަށް ވަޑައިނުގަންވާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.  
  3. ބީލަން ހުށަހަޅުއްވާއިރު މަސައްކަތުގެ އަގު އަދި ކުންފުނީގެ ޕްރޮފައިލް ހުށަހަޅުއްވަން ވާނެއެވެ.
  4. ބީލަން ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 15 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް / އަމީނީމަގުގައެވެ. ވީމާ، 2019 ޑިސެންބަރު 15 ވާ އާދީއްތަ ދުވަހުގެ 10:30 މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅަންޖެހޭ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހަށްފަހު ރަސްމީކޮށް ހުޅުވޭ ދުވަހު ބިޑް ހުޅުވަން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
  5. މި މަސައްކަތަށް ހުށަހަޅުއްވާ ޖުމްލަ އަގު 250,000/- (ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، މި މަސައްކަތަށް ބިޑް ސެކިޢުރިޓީގެ ގޮތުގައި 1800/- (އެއްހާސް އަށްސަތޭކަ ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.
  6. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވި، ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  7. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 ޑިސެންބަރު 11 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.   

 

 

01 ޑިސެންބަރު 2019
ހޯދާ