މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ވ. ކެޔޮދޫ މަސްޖިދު ޒައިދު ބިން ޘާބިތު އަދި ހދ. ކުޅުދުއްފުށި މަސްޖިދު ޙަޟާރާތު ގައި އޭސީ ބަހައްޓައި، ސޯލާ ޕެނަލް ހަރުކޮށް، ކަރަންޓު ވިއުގަރއާއި ގުޅުމުގެ މަސައްކަތްކުރުމުގެ އިޢުލާންގެ ވަނަ: 1

މިމިނިސްޓްރީންދޭ މަޢުލޫމާތާއި އެއްގޮތަށް ވ. ކެޔޮދޫ މަސްޖިދު ޒައިދު ބިން ޘާބިތު އަދި ހދ. ކުޅުދުއްފުށި މަސްޖިދު ޙަޟާރާތު ގައި އޭސީ ބަހައްޓައި، ސޯލާ ޕެނަލް ހަރުކޮށް، ކަރަންޓު ވިއުގަރއާއި ގުޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މަޢުލޫމާތު ސެޝަންގައި ޙަވާލުކުރެވޭނެއެވެ.

 

ހަރަކާތް

ތަން

ތާރީޚް އަދި ގަޑި

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރުން

މިނިސްޓްރީގެ ރިސެޕްޝަން

01 ޑިސެމްބަރ 2019 ން 04 ނޮވެމްބަރ 2019 ގެ 11:00 އަށް

މަޢުލޫމާތު ސެޝަން

މިނިސްޓްރީގެ މީޓީންގ ރޫމް 01

04 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 13:00 ގައި

އަންދާސީ ހިސާބު ހުށަހެޅުން

މިނިސްޓްރީގެ މީޓީންގ ރޫމް 01

15 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 13:00 ގައި

 

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައި ހުންނާނީ ހެނދުނު 09:00 ން މެންދުރުފަހު 13:30 އަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020239 ފޯނަށެވެ.

 

                                 01   رَبِيعُ الآخِر  1441

28 ނޮވެންބަރު 2019
ހޯދާ