މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް:                    ފިޝަރީޒް އޮފިސަރ   

މަޤާމުގެ ނަންބަރު:             319789

ބޭނުންވާ ޢަދަދު:              1

މަޤާމުގެ ގިންތި:              ދާއިމީ

މަޤާމުގެ ރޭންކް:              އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:        ޓެކްނިކަލް އޮފިސަރ 2

އޮފީސް:                 މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ސެކްޝަން:               މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް

ވަޒީފާ އަދާކުރަންޖެހޭތަން:        މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް

މުސާރަ:                 -/6295 ރުފިޔާ

ސަރވިސް އެލަވަންސް:         -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

ސަޕޯރޓިންގ ކޯ އެލަވަންސް:      -/900 ރުފިޔާ

 

އެހެނިހެން ޢިނާޔަތްތައް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ ޝަރުތު      

1-      ފިޝަރީޒް، މެރިން ސައިންސް، ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ފިޝަރީޒް

 

ތަޢުލީމީ ރޮނގުތައް

  • ފިޝަރީޒް
  • މެރިން ސައިންސް

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

  • ރާއްޖޭގައި ކުރެވެމުންދާ ހުއިފިލަނޑާގެ އެމަސްވެރިކަމަށް އަންނަ ބަދަލުތަށް ދެނެގަތުމުގެ ގޮތުން ނެގޭ މައުލޫމާތު ނެގުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ރާވައި ހިންގުން
  • ރާއްޖޭގެ ފަރުތަކުން ކުރެވެމުންދާ އިހީގެ މަސްވެރިކަމުގެ ހާލަތު ދެނެގަތުމަށާއި، މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވާ ހިންގުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުރަންޖެހޭ ދިރާސާތައް ރާވާހިންގުން
  • ރާއްޖޭގައި އަލަށް އުފެދޭ މަސްވެރިކަމުގެ ހަރކާތްތަކުގައި ބާނާ ބާވަތްތަކާގުޅޭ ބަޔޮލޮޖިކަލް މައުލޫމާތު ދެނެގަތުމުގެ ގޮތުން ކުރަންޖެހޭ ދިރާސާ މަސައްކަތުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގައި އަދި އަމަލީ ގޮތުން ބައިވެރިވުން.
  • ރާއްޖެއިން އެކްސްޕޯރޓް ކުރެވޭ ދިރޭ ކުދިމަހުގެ މަސްވެރިކަމުގެ (އެކުއޭރިއަމް ފިޝަރީ) ހާލަތު ދެނެގަނެ، މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވާ ހިންގުމަށް ބޭނުންވާ ދިރާސާތައް ރާވައި ހިންގުން.
  • މަސްވެރިކަމުގެ ދިރާސާތަކުން ނެގޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރިޕޯޓް ތައްޔާރުކުރުން އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސވެރިކަން ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަށް އެޅުމަށް މިނިސްޓްރީގެ ކަމާބެހޭފަރާތްތަކަށް ލަފާދިނުން.
  • ދިރާސާތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް، މަސްވެރިކަން ދެމެހެއްޓުމަށްޓަކައި އާންމުންނާއި ކަމާއިބެހޭ އިދާރާތައް ހޭލުންތެރިކުރުމަށް ފޯރުކޮށްދޭންޖެހޭ ބަޔޮލޮޖިކަލް އަދި ސައިންޓިފިކް މައުލޫމާތަށް އާންމުން އަހުލުވެރިކުރުން.
  • އިންސްޓިޓިއުޓްގައި ކުރެވޭ އެހެނިހެން މަސައްކަތްތަކަށް އެހީތެރިވެ ފީލްޑް މަސައްކަތުގައި ބައިވެރިވުން.
  • މަސައްކަތު ދާއިރާއިން އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތައް އެކުލަވާލައި، އަހަރު ރިޕޯރޓަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، ކުރިއަށް އޮތް އަހަރަށް މަސައްކަތްތައް ރޭވުމާއި، ހިނގާނެކަމަށް ލަފާކުރެވޭ ބަޖެޓް ތައްޔާރުކުރުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

- ޤާބިލްކަން ހުރި މިންވަރު ބެލުމަށް ކުރެވޭ އިންޓަވިއު

 

މި މަގާމަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަރވިއު

 

މިމަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް:
  4. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމަކާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ.

6-  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތު މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2019 ޑިސެމްބަރ 09 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

                      01 ރަބީއުލްއާޚިރު    1441

28 ނޮވެންބަރު 2019
ހޯދާ