މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
39 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަސްކެނޑުމުގެ މުބާރަތް

39 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްކެނޑުމުގެ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.  މިމުބާރާތް ހުޅުވާލާފައިވަނީ ދިވެހިރައްޔިތުންގެ ތެރެއިން 18 އަހަރުން މަތީ ކޮންމެ ފިރިހެނަކާއި އަންހެނަކަށެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފޯމާއި މަސްކެނޑުމުގެ މުބާރާތުގެ ޤަވާއިދު ރަސްމީ ބަންދުނޫން ދުވަސްދުވަހު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓުން www.fishagri.gov.mv ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

މިމުބާރާތް އޮންނާނީ 09 ޑިސެމްބަރ 2019 ވާ ބުދަ ދުވަހު 16:00 ގައި ހުޅުމާލޭ "ޔޫތް ސިޓީ މަސްމާރުކޭޓް" ސަރަހައްދުގެ މަސްކެނޑުމަށް ހާއްސަކޮށްފައިވާ ސަރަޙައްދުގައެވެ.

މިމުބާރާތުގައި ބައިވެރިވާން ޝަޢުގުވެރިކަންހުރި ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 05 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7ވަނަ ފަންގިފިލާ) އަށް ހުށަހަޅާ ނުވަތަ [email protected] އަށް އީމެއިލް ކުރެވިދާނެއެވެ.

28 ނޮވެންބަރު 2019
ހޯދާ