ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
މިސްކޫލުގައިހުރި ބައެއް މަރާމާތުތައް ކުރުމަށް ބޭނުންވެއްޖެ

  • މަރާމާތުކުރުމާއި ގުޅޭ:

    މިސްކޫލްގެ ނަންބަރު: GS-89/IUL/2019/28 (17 ނޮވެމްބަރު 2019) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތި ލައްވާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.  

  • މަސައްކަތްތައް:
  1. ހޯލް ޕާޓްޝަން މަރާމާތުކުރުން
  2. ދަރިވަރުންނާއި ޓީޗަރުންގެ ފާޚާނާތައް މަރާމާތުކުރުން
  3. ސައިންސް ލެބު މަރާމާތުކުރުން

މިޕްރޮޖެކްޓްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން 2019ޑިސެމްބަރު 9 ވާ ހޯމަ ދުވަހުގެ 10:30 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.

ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019ޑިސެމްބަރު 15 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މި ސްކޫލްގެ އޮފީހުގައެވެ. މިޕްރޮޖެކްޓްތަކާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. ކޮންމެ މަސައްކަތަކަށްވެސް ހުށަހަޅަންވާނީ ވަކި ބީލަން ފޮތެކެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޮޅިވަރަންފަރު ސްކޫލް

ހަވީރީ ހިނގުން، ހދ. ނޮޅިވަރަންފަރު، ދިވެހިރާއްޖެ.

ފޯން:  0535 652

އީ-މެއިލް: [email protected]

27 ނޮވެންބަރު 2019
ހޯދާ