ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ކޯޓް އޮފިސަރ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 45/IUL)95-A/1/2019)

ތާރީހް: 26 ނޮވެމްބަރު 2019

މަޤާމް:       

ކޯޓު އޮފިސަރ

ރޭންކް: GS4

ކޯޓް / ސެކްޝަން

ހައިކޯޓު (ކޯޓްރޫމް މެނޭޖްމަންޓް) 

ބޭނުންވާޢަދަދު: 01

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ

5020/- ރުފިޔާ

ސަރވިސް އެލަވަންސް                

1500/- ރުފިޔާ

ލިވިންގ އެލަވަންސް

2,850/- ރުފިޔާ

ޖުޑީޝަލް އެލަވަންސް  (މުސާރައިގެ %45)

 އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.

މަޤާމުގެ  ޝަރުތު:

1- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް، ނުވަތަ ހަޔަރ ސެކްނަޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

 

2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

 

3- "މަތީ ސާނަވީ" ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް، ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި  މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ،

4- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަގާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  • ޝަރީއަތްތައް ރިކޯޑު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  • ޝަރީޢަތްކުރާ ހޯލްތަކުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމާއި ބޭނުންވާ އިރުޝާދާއި ލަފާދިނުން.
  • ކޯޓް ސެކްރެޓޭރިއަޓްބެލެހެއްޓުން. މިގޮތުން
  • ޝަރީއަތް ހިނގަމުން ދާއިރު ފާހަގަކުރެވޭ މުހިއްމު ތާރީހާއި ވަގުތުތައް އަދި ނަންތައް ނޯޓުކުރުން
  • ބެންޗުގައި ތިއްބަވާ ފަނޑިޔާރުން އެދިލައްވާހިނދު ހަސްމުންގެ ފަރާތުން ހުށަހަޅާ ލިއެކިއުންތައް ބެންޗަށް ފޯރުކޮށް ދިނުން.
  • ޝަރީއަތަށް ހާޟިރުވާންޖެހޭ މީހުން ތިބިތޯ ބެލުމާއި ޝަރީއަތުގެ މަޖިލީހަށް ހާޟިރުވާ މީހުންގެ ރިކޯޑް ބެލެހެއްޓުން.
  •  ވަގުތުން ހަވާލުކުރަންޖެހޭ ކޯޓު އަމުރުތައް އެއަމުރުތައް ރައްދުވާ ފަރާތްތަކަށް ހަވާލުކުރުން.
  •  ޝަރީއަތަށް ހާޒިރުކުރެވޭ ބޭރުގައުމުތަކުގެ މީހުންގެ ބަޔާންތަކާއި ހެކިބަސް ނެގުމުގައި ތަރުޖަމާނެއްގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތްތަކުގައި ފޯރުކޮށްދިނުން.
  • ޝަރީޢަތްތަކާއި ގުޅިގެން އަންނަ ޚަސްމުންނާއި ވަކީލުންނާއި މުޢާމަލާތުކުރުމުގައި ޝަރުޢީ ސެކްޝަންތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

 

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި

 

  • ވަޒީފާއަށް އެދި ހުށަހަޅާފޯމް.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރު ޔުނިވަރސިޓީއެއްގެ ސެޓްފިކެޓެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައި ހުށަހެޅުން)
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ އެންމެފަހުން ވަޒީފާ އަދާކުރި ދެ އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެގޭނޭ އެއޮފީހަކުން ދޫކޮއްފައިވާ ލިޔުން.
  •  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  •  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު ކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތު، ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް). މިފަދަ ލިޔުމެއްގެ ގޮތުގައި އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ވަޒީފާ ބަޔާނަށް ބަލައި ޕޮއިންޓެއް ނުދެވޭނެއެވެ.

 

އިތުރު އިރުޝާދު

  • ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލިއުމާއި، ޓްރާންސް ކްރިޕްޓާއި، އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯހެއްކަމާއި، އެކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއި އެކު ހުށަހަޅަންވާނެއެވެ.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 86 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިމަޤާމަށްހޮވޭ މުވައްޒަފު ދާއިމީ ކުރެވޭނީ 03 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެމުވައްޒަފުގެ ޕާރފޯމެންސްއަށް ބެލުމަށްފަހުގައެވެ.
  • މަތީގައިވާ މަޤާމްގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

 

ޕޮއިންޓް ދެވޭ ގޮތް

-  ލިބިފައިވާ ތަޢުލީމާއި ތަމްރީން %30

-  ލިބިފައިވާ ތަޖުރިބާ

-  މަސައްކަތަށް ބޭނުންވާ ހުނަރު

-  ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު %50

 

ސުންގަޑި 

02 ޑިސެމްބަރު 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް ( ތީމުގެ، އާބުރުޒުހިނގުން ) ހުށަހަޅަންވާނެއެވެ.

އިތުރު މައުލޫމާތު

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

 

27 ނޮވެންބަރު 2019
ހޯދާ