ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ ދިރާސީ އާއަހަރު ފެށުމުގެ ކުރިން ސްކޫލުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮއްދޭނެ ފަރާތެއް ހޯދުން

ފުނަދޫ ސްކޫލު

ށ.ފުނަދޫ، ދިވެހިރާއްޖެ                                       ނަންބަރު: (IUL)GS-59-AD/INDIV/2019/58

                                            

 

2020  ވަނަ އަހަރުގެ ދިރާސީ އާއަހަރު ފެށުމުގެ ކުރިން ސްކޫލުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮއްދޭނެ ފަރާތެއް ހޯދުން

  1. މިސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. އަންދާސީ ހިސާބު ހުށައަޅާނީ ކޮންމެ މަސައްކަތެއް ވަކި ވަކިންނެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

#

މަސައްކަތްތައް

01

ދަރިވަރުންގެ ފާހާާނާތައް މަރާމާތުކުރުން

02

މުވައްޒަފުންގެ ފާހާނާތައް

03

ކުލާސްރޫމް ބޮޑުދޮރު

04

ކުލާސްރޫމް ފަންކާތައް

05

ކުލާސް ރޫމްތަކުގެ ކުދި ދޮރުފަތްތައް މަރާމާތު ކުރުން

06

ކުލާސްރޫމް ޕާޓިޝަންތައް

07

ދަރިވަރުން ބޭނުންކުރާ ފެންތާގީ ހިޔާކުރުން

 

  1. މިމަރާމާތުތައް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2019 ޑިސެމްބަރު 04 ވަނަދުވަހުގެ 14:00 ގެ ކުރިން ފުނަދޫ ސްކޫލު އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ނަންނޯޓް ކުރާ ފަރާތްތަކަށް ޕްރީބިޑް މީޓިންގ އޮންނާނީ 2019 ޑިސެމްބަރ 05ވަނަ ދުވަހުގެ 13:00 ގައެވެ. ބިޑް ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  2. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 12 ވަނަ ދުވަހުގެ 11:00 ގައި ފުނަދޫ ސްކޫލު އޮފީހުގައެވެ.
  3. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުނަދޫ ސްކޫލު

ށ.ފުނަދޫ

ފޯން:  6540540

އީ-މެއިލް: [email protected]

 

30 ރަބީޢުލްއައްވަލު 1441

27 ނޮވެމްބަރ 2019

27 ނޮވެންބަރު 2019
ހޯދާ