އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ޑެސްކު މަރާމާތު ކުރުން

  1. ޑެސްކު މަރާމާތު ކުރުމަށް މި ސުކޫލުންކުރި ނަންބަރ AS-B/IU/2019/82(18 ނޮވެމްބަރ 2019) އިއުލާނަށް އަންދާސީ ހިސާބު ހުށައެޅުމަށް ހާޟިރުވީ ދެފަރާތުން ކަމަށްވާތީ އެ އިއުލާނު ބާތިލުކޮށް އަލުން  ބީލަންހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޑިސެމްބަރ  1 ވާ (އާދީއްތަ) ދުވަހުގެ 13.00  ގައި މި ސްކޫލުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

3. ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 3 ވާ އަންގާރާ ދުވަހުގެ 13.00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

4. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި ފޯމުސެޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

6. މައުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި ބައިވެރިނުވާ ފަރާތެއްގެ ބިޑް ބަލަގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އަމީނިއްޔާ ސްކޫލް

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3325762، 3323247

އީ-މެއިލް: [email protected]

 

21 ރަބީޢުލްއައްވަލް 1441

26 ނޮވެންބަރު 2019
ހޯދާ