ކިނޮޅަހު ސްކޫލް/ރ.ކިނޮޅަސް
ދިވެހިރާއްޖެ
02 ކްލާސްރޫމްގެ ތަޅުމުގައި ތަށިމުށިޖެހުން

ރ. ކިނޮޅަހުސްކޫލް

ރ.ކިނޮޅަސް/ދިވެހިރާއްޖެ                                             

                                                        

                                                              ނަންބަރ: GS-122/2019/26

އިޢުލާން

 

               

           

02 ކްލާސްރޫމްގެ ތަޅުމުގައި ތަށިމުށިޖެހުން

1        2020 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަރާމާތުގެ ތެރެއިން މިސްކޫލްގެ 2ކްލާސްރޫމްގެ ތަޅުމުގައި އަމިއްލަ ތަކެތީގައި, ތަށިމުށި ޖެހުމުގެ މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2        މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެމްބަރ 27 ން 2019 ޑިސެމްބަރ 01 ށް  ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3        މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެމްބަރ 28 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ކިނޮޅަހު ސްކޫލް އޮފީސް

02 ޑިސެމްބަރ 2019

ހޯމަ

13:00

އަންދާސީ ހިސާބު ހުށަހެޅުން

ކިނޮޅަހު ސްކޫލް އޮފީސް

08 ޑިސެމްބަރ 2019

އާދިއްތަ

13:00

      މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. 

4       މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުމާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

5        ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކިނޮޅަހުސްކޫލް

ފޯން:  6580360

އީ-މެއިލް: admin@kinolhahuschool.edu.mv     

29 ރަބީޢުލް އައްވަލު 1441

26 ނޮވެމްބަރ 2019

 

          

26 ނޮވެންބަރު 2019
ހޯދާ