މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ހުރިހާ ގަޑިތަކެއްގައިވެސް، މުދާ އުފުލާ އުޅަނދުފަހަރު މުދާ ބަރުކޮށްގެން މާލެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަ ދިނުން

އިޢުލާން

          

މި އޮތޯރިޓީގެ ނަންބަރު (IUL)202-L/1/2019/60 (16 ޖުލައި 2019) އިޢުލާނުގައި، މާލެ އަދި ހުޅުމާލޭގައި ހެނދުނު 11:30 އިން މެންދުރު 13:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދެއްގައި މުދާ އުފުލުން މަނާކޮށްފައިވާ އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

25 ނޮވެމްބަރު 2019 އިން 05 ޖަނަވަރީ 2020 އަށް (2019 ވަނަ އަހަރުގެ ސްކޫލް ބަންދުގައި) ހުރިހާ ގަޑިތަކެއްގައިވެސް، މުދާ އުފުލާ އުޅަނދުފަހަރު މުދާ ބަރުކޮށްގެން މާލެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަ ދިނުމަށް މިއޮތޯރިޓީން ނިންމާފައިވާ ވާހަކަ އާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

28 ރަބީޢުލްއައްވަލް        1441

25 ނޮވެމްބަރު     2019

25 ނޮވެންބަރު 2019
ހޯދާ