ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ބޭނުންވާ ގްރެޖުއޭޝަން ގައުން ފަހައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 ޑިސެންބަރ 1 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2019 ޑިސެންބަރ 05 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2019 ޑިސެންބަރ 1 ވާ އާދިއްތަ 11:30 އިން ފެށިގެން 2019 ޑިސެންބަރ 04 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022120 / 3022115 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.