ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2020 ވަނަ އަހަރު މިމަރުކަޒުގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާބެހޭ

`

 

 

ޏ.އަތޮޅު ތަޢުލީމީ މަރުކަޒު                                  

   ފުވައްމުލައް                                  

                                                                                                                                               

                                          ނަންބަރ: (IUL)GS13-AC/GS13/2019/32

 

އިޢުލާން

 

2020  ވަނަ އަހަރު މިމަރުކަޒުގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާބެހޭ

 

            2020 ވަނަ އަހަރު މި މަރުކަޒުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ގެ ނުވަތަ އެޕާޓްމަންޓަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތް ކުރެވިފައިހުރި ފަރުނީޗަރާއެކު މަދުވެގެން 2 ކޮޓަރި (އެޓޭޗް ފާޚާނާ)، ސިޓިންގރޫމް ފަރުނީޗަރާއެކު ހުރި، އަދި ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު ހުރި ބަދިގެޔަކާއި ކާތަނެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.

           ވީމާ، ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބާއެކު ގެއާއި ގޯތީގެ ފްލޯޗާޓުގެ އިތުރުން އިންވެންޓްރީގެ ލިސްޓު ހުށަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ހާޟިރުނުވެވޭ ފަރާތްތަކަށް ބަދަލުގައި އެހެން ފަރާތެއް (ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު) ފޮނުވިދާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްކަމުގައި ސަރުކާރުން ކަނޑައަޅައިފިނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހު މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަންނާނެވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބު ބަލައިގަތުން:

މަޢުލޫމާތު ސާފުކުރުމަށް:

ތާރީޚު: 05 ޑިސެމްބަރ 2019

ތާރީޚު: 03 ޑިސެމްބަރ 2019

ގަޑި: 11:00

ގަޑި: 11:00

ތަން: ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

ތަން: ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

        އަދި، ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ.  

 

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މަރުކަޒުގެ ނަންބަރު 9999802 ފޯނާ ގުޅުއްވުން އެދެމެވެ.

 

26 ނޮވެމްބަރ 2019

26 ނޮވެންބަރު 2019
ހޯދާ