މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އިންހައުސް ކޮށް ޓްރޭނިންގ ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

                                                                   އިޢުލާން ނަންބަރު: IUL)471-CDS3/1/2019/374)

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އިންހައުސް ކޮށް ޓްރޭނިންގ ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އިންހައުސް ކޮށް ޓްރޭނިންގ ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ ނަންބަރު (IUL)471-CDS3/1/2019/288 (04 ނޮވެމްބަރ 2019) އިޢުލާންއާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތުގެ ޝަރުތު ފުރިހަމަ ނުވާތީވެ އަލުން އިޢުލާންކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 04 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި،  މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 05 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 04 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން    mohamed.ibaad@planning.gov.mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ،

އަމީނީ މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އިންހައުސް ކޮށް ޓްރޭނިންގ ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

އިޢުލާނު ނަންބަރު:  IUL)471-CDS3/1/2019/374)

 

                                           29 ރަބިޢުލްއަށްވަލް 4411ހ.

                                           26 ނޮވެމްބަރ 2019މ.

.

26 ނޮވެންބަރު 2019
ހޯދާ